26 ފެބުރުއަރީ 2020
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ތަންތަނުގެ ފޮޓޯ ނަގަން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ތައްޔާރުވެއްޖެ އެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ތަންތަނުގެ ފޮޓޯ ނަގަން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ސްޕޮންސާކޮށް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ އާއި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރު ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ޣިޔާސުއްދީން ސްކޫލުގައި ހިންގަނީ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް)އާ ގުޅިގެންނެވެ.
އެ ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި އައިޖީއެސްއާ އެކު މި މަހު 6 ގައި ވަނީ ސޮއިކޮށްފަ އެވެ. މިއީ އޭގެ ދަށުން ހިންގާ ހަރަކާތެކެވެ.
ޣިޔާސުއްދީނުން ބުނީ ޖައްވުގައި އޮތް އައިއެސްއެސްގެ ކެމެރާ ބޭނުންކޮށްގެން ރާއްޖެ އާއި ދުނިޔޭގެ އެކި ތަންތަނުގެ ފޮޓޯ މާދަމާ ނަގަނީ "އެކްސްޕްލޯރިން އާތު ފްރޮމް ސްޕޭސް" ގެ ކަރިކިއުލަމް ފުރިހަމަކުރުމުގެ އަމަލީ ތަޖުރިބާ ހޯދަން ކަމަށެވެ.
އެ ސްކޫލުގެ ގްރޭޑު 6-9 ގެ 62 ދަރިވަރުންނާއި މާލޭގެ އެކި ސްކޫލުތަކުގެ 22 ދަރިވަރުން ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ޖުމްލަ 200 ފޮޓޯ ނަގާނެ އެވެ. އެ ފޮޓޯތައް ނާސާގެ ޖެޓް ޕްރޮޕުލްސަން ލެބޯރަޓަރީން އާކައިވް ކުރާނެ ކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ސްކޫލުން ބުންޏެވެ.
"މިއީ ސްޕޭސް ސައިންސަށް ކުދިން އަހުލުވެރިކުރުވުމަށް ހިންގޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމެއް. ދަރިވަރުން އިތުރަށް މޯޓިވޭޓްކުރުމުގެ ގޮތުން މި ފޮޓޯ ސެޝަންގައި ބައިވެރިވާ ދަރިވަރުންގެ ޓީމު ފޮޓޯއެއް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ އެސްޓްރޮނޯޓުންނަށް ފޮނުވާނެ" އައިޖީއެސްގެ ފައުންޑަރު ރިއްފަތު މުހައްމަދު ވިދާޅުވި އެވެ.
މީގެ 21 އަހަރު ކުރިން ޖަައްވަށް ފޮނުވާލި އައިއެސްއެސް ދައުރުވަމުން ދަނީ ދުނިޔެއާ 400 ކިލޯމީޓަރު މަތިންނެވެ. މި ސްޓޭޝަންގައި ވަރަށް ބޮޑެތި ތަހުލީލުތައް ކުރިއަށް ގެންދެ އެވެ. އަދި ޖައްވީ ދިރާސާތަކަށް ދަރިވަރުން ޝައުގުވެރިކަން ބޮޑުކުރުމުގެ ގޮތުން އައިއެސްއެސް ބޭނުންކޮށްގެން ތަފާތު ހަރަކާތްތައް ވެސް ހިންގަ އެވެ.
ޣިޔާސުއްދީނުގެ ނިންމުން އައީ ކޮވިޑް ކޭސްތަކަކާ ގުޅިގެން
ގައިޑްލައިނަށް ކިޔަވައިދޭން ޣިޔާސުއްދީނަށް އަންގައިފި
ތައުލީމާ ގުޅޭ ވެބިނާތަކެއް ޣިޔާސުއްދީނުން ފަށައިފި
ޣިޔާސުއްދީން: ތިމާވެށީގައި ހިމާޔަތުގައި ނަމޫނާއަކަށް
ޣިޔާސުއްދީން ސްކޫލުގައި ބުލީކުރާ ވީޑިއޯއަކީ އަސްލެއް!
ޣިޔާސުއްދީން ސްކޫލުގެ ޓްރައިތެލޯން: ތަފާތު ހަރަކާތެއް!
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ
ޣިޔާސުއްދީނުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި
އޮކްސްފޯޑް ރޯޔަލް އެކަޑެމީއަށް ދިވެހި ދަރިވަރެއް