24 ފެބުރުއަރީ 2020
ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ އެއް ވަނަ ޕެއާ ކަމަށްވާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ ލޯ މެޑަލް ހޯދައިފި އެވެ.
ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ އެއް ވަނަ ޕެއާ ކަމަށްވާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ ލޯ މެޑަލް ހޯދައިފި އެވެ.
ޒަޔާނާއި ނަބާހާ އަށް ލޯ މެޑަލް ލިބުނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުން ބަލިވުމުންނެވެ. ސެމީން ބަލިވާ ދެ ޕެއާ އަށް ވެސް ލޯ މެޑަލް ލިބެ އެވެ. ސެމީ ފައިނަލް މެޗުގައި ޒަޔާން އާއި ނަބާހާ އިއްޔެ ނުކުތީ އިންޑިއާގެ ކޯނާ ތަރުން އާއި ޖައްކަމްޕޫޑީ މޭގްނާއާ ދެކޮޅަށެވެ. މި މެޗުން ތަރުން އާއި މޭގްނާގެ ޕެއާ މޮޅުވީ 21-01، 21-09 އިންނެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ ވެސް ތަރުން އާއި މޭގްނާގެ ޕެއާ އިންނެވެ.
ޒަޔާން އާއި ނަބާހާ ވަނީ މިދިޔަ ނޮވެމްބަރު މަހު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް އިން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް އެވެ. މީގެ އިތުރުން ވެސް ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކުގައި ޒަޔާން އާއި ނަބާހާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް މި ޕެއާގެ ކުޅުން އަންނަނީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުވަމުންނެވެ.
ޔޫގެންޑާ މުބާރާތަކީ މީގެ ކުރިން ވެސް ރާއްޖޭގެ ކުޅުންތެރިން ވާދަކުރަމުން އައި މުބާރާތެކެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރީ އަންހެން ސިންގަލްސް އާއި ފިރިހެން ސިންގަލްސް އަދި މިކްސް ޑަބަލްސްގަ އެވެ.
ޒަޔާން އާއި ނަބާހާގެ ޕެއާ އިން ޔޫގެންޑާ މުބާރާތުގެ ސެމީން ފުރުސަތު ހޯދި ރަނގަޅު މެޗުތަކަކުން މޮޅުވުމަށް ފަހު އެވެ. އެ ގޮތުން ފުރަތަމަ ޔޫގެންޑާގެ ޕެއާ އެއް ކަމަށްވާ ޖޯޑަން ނިވަގާބާ އާއި ކެރޮލިން ނެގޮޔަންބާ އަތުން މޮޅުވީ 21-03 އަދި 21-05 އިންނެވެ. ކުއާޓާ ފައިނަލުގައި ކެންޔާގެ އެއް ވަނަ ޕެއާ ކަމަށްވާ ޖޯން ވަނިއޯކީ އާއި މާސީ ޖޯސެފްގެ ޕެއާ ބަލިކުރީ ފޯރިގަދަ މެޗަކަށް ފަހު އެވެ. ސެޓުތައް ގެންދިޔައީ 21-19، 21-15 އިންނެވެ.
ޔޫގެންޑާ މުބާރާތުގެ އަަންހެން ސިންގަލްސް ބައިން މީގެ ކުރިން ތިން ވަނަ ހޯދާފައިވާ ނަބާހާ މި ފަހަރު އެ ބައިގައި ވާދަކުރި އެވެ. އެކަމަކު ފުރަތަމަ ބުރުގައި މުބާރާތުުގެ އެއް ވަނަ އަށް ސީޑްކޮށްފައިވާ މިޔަންމާގެ ތޭޓް ތޯޒަރް އަތުން ވަނީ ބަލިވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-15، 21-09 އިންނެވެ. ފިރިހެން ސިންގްލަސް ބައިގައި ވާދަކޮށް ޒަޔާން އަށް ވެސް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭގޮތެއްނުވި އެވެ. ދުނިޔޭގެ ރޭންކިންގައި ވެސް ފާހަގަކޮށްލެވޭ މެކްސިމް މޯރީލްސް އަތުން ޒަޔާން ބަލިވީ 21-10، 21-04 އިންނެވެ.
ޒަޔާން އާއި ނަބާހާ ޔޫގެންޑާ މުބާރާތުގެ ސެމީ އަށް
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ބެޑްމިންޓަން: ސިންގަލްސް ތަށި ޒަޔާނާއި ނަބާހާ އަށް
ފައިނަލުގައި ނަބާހާ، ނީލާ، ޒަޔާން އަދި ނިބާލް!
ދެބެންނަށް މި ފަހަރު ބައިނަލްއަގްވާމީ ރަން މެޑެއްޔެއް
ނަބާހާ އާއި ނަބީހާ އަށް މި ފަހަރު ލޯ މެޑަލް