Roadha Mihaaru
އަލީ ވަހީދުގެ މައްސަލަ ނަހުލާ ރައީސަށް ހުށައަޅުއްވައިފި

އަލީ ވަހީދުގެ މައްސަލަ ނަހުލާ ރައީސަށް ހުށަހަޅުއްވައިފި

23 ފެބުރުއަރީ 2020

އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަކީ ވަރަށް ދަށް ބައެއްގެ ގޮތުގައި ސިފަކުރައްވައި ހުތުރު ބަހުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރައްވާ، އެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަކީ ވަރަށް ދަށް ބައެއްގެ ގޮތުގައި ސިފަކުރައްވައި ހުތުރު ބަހުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރައްވާ، އެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.

އެކަމަކު ނަހުލާގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައާ ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ.

އިތުބާރު ހިފޭ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދަށް ފިޔަވަޅު އަޅައިދޭން ރައީސް އޮފީހުގައި ނަހުލާ އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަމާ މެދު ރައީސް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އަލީ ވަހީދުގެ ވާހަކަތައް އަމާޒުކުރެއްވީ ހަމައެކަނި ނަހުލާއަކަށް ނޫނެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވެސް ފާޑުވިދާޅުވި އެވެ. އަދި އަލީ ވަހީދަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ސްލޮޓް ހާއްސަކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަލުން ނަހުލާ އަށް ފޯނުން ގުޅުއްވައި އޭނާ ދެއްކެވި އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަތަކެއް ވެސް އޯޑިއޯގައި ހުއްޓެވެ.

ނަހުލާގެ ކޯލް ނިންމެވުމަށް ފަހު އޭނާއާ ގުޅޭ ގޮތުން ހުތުރު ވާހަކަތަކެއް ދެއްކެވި އިރު އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ވާހަކަަތަކެއް ވެސް ހިމެނެ އެވެ.

"މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް އަޅުވައި، ސްޕީކަރަށް ލައިގެން އެކުވެރިންނާ އެކު އަލީ ވަހީދު މަޖާ ނަންގަވައި ވާހަކަ ދެއްކެވުމުން ނަހުލާ ހުންނެވީ ވަރަށް ހިތްހަމަޖެހިވަޑައިނުގެންފައި ކަމަށެވެ.

އަލީ ވަހީދާ ދެކޮޅަށް ފިޔަވަޅު އަޅަން ޖޭޕީގެ ކައުންސިލް މެމްބަރަކު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށް ވެސް ހުށަހެޅި އެވެ. އެކަމަކު ގާސިމް އެކަމާ މެދު ގޮތެއް ނުނިންމަވާ ފިޔަވަޅު އެޅުއްވުން ދޫކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެއް އޯޑިއޯގައި ރިޝްވަތުގެ އަމަލުތަކަކާ ގުޅޭ ވާހަކަތަކެއް ވެސް ހިމެނެ އެވެ.

އަލީ ވަހީދު ވިދާޅުވެފައި ވަނީ އެއީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ތަހުގީގެއް ހިންގަން ވެސް އޭނާ އެދިވަޑައިގަތެވެ.

ފުލުހުން ވަނީ، އެ އޯޑިއޯގެ ތެރެއިން ޖިނާއީ މައްސަލައެއް ފާހަގަވެފައިވާ ކަމުގެ ތުހުމަތާ އެކު ތަހުގީގެއް ފަށައިފަ އެވެ. އެކަމަކު އިތުރު ވާހަކައެއް ނުދައްކަ އެވެ.

އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ. އަލީ ވަހީދުގެ ދިފާއުގައި ނުކުންނަވައި އަޑުބަރޭ ކުރެއްވި ޓުވީޓެއްގައި ތުހުމަތުކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ.