07 އޮކްޓޯބަރ 2016
އަސާސީ ހިދުމަތްތަކާއި ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން މި ރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އަސާސީ ހިދުމަތްތަކާއި ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން މި ރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ހުއްދަ ނުނަގައި މާލޭގައި މުޒާހަރާ ކުރެވޭ ހަމައެކަނި ތަނެއްގެ ގޮތުގައި ކަނޑައެޅި ކާނިވާ ސަރަހައްދުގައި ބޭއްވި ފުރަތަމަ މުޒާހަރާގައި ޝިފާޒު ވަނީ ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ. އެކަމަކު މި ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ކާޑުގެ އަގު ދެ ގުނަކޮށް ބަނޑަށް ޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
"ސައްހަ އޮޑިޓެއް ކޮށްފިއްޔާ، ގައުމު މިވަނީ ބަނޑަށް ޖައްސައި ބޭންކްރަޕްޓް ވެފައިކަން އިއުލާންވެގެން ދާނެ ކަން ކަށަވަރު،" ޝިފާޒު ވިދާޅުވި އެވެ.
ރައްޔިތުންނަށް އަގު ހެޔޮކޮށް ކާބޯތަކެތި ފޯރުކޮށްދެމުން އައި އެސްޓީއޯ "ރައްޔިތުންގެ ލޭ ބޯ ކުންފުންޏަކަށް" މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި މިހާތަނަށް އެއްވެސް ވެރިއަކު ރައްޔިތުންގެ ގޮހޮރަށް އަތް ބާނާފައެއް ނުވޭ،" ޝިފާޒު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ، އިގްތިސާދު ހެއްވާލަން ކަމަށް ބުނެ ނަމަވެސް، ޝިފާޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން އަމިއްލަ "ޖާހާއި މާލު ބޮޑުކުރުން" ނޫން ކަމެއް ނުކުރެ އެވެ. މިއީ، ރައްޔިތުން ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދަނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން މެދުވެރިކޮށެވެ. ސަރުކާރު ތަމްސީލް ކުރައްވާ މެމްބަރުން ލައްވައި ޑިމޮކްރަސީ ފޭރިގަނެ ގާނޫނުއަސާސީގެ ބާރު ނަގާލައި އިންސާފު ހޯދުމުގެ މަގު ކޮރަޕްޓްކޮށްފައިވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ތިޔަ މަންދޫބުން ވިސްނަން ވެއްޖެ، ހޭއަރަން ވެއްޖެ،" މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ އަމަލުތަކަށް ފާޑުވިދާޅުވެ ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ކާޑުގެ އަގު ބޮޑުކުރުމަކީ ދިވެހި ހުރިހާ ރައްޔިތުންނާ ގުޅޭ މައްސަލައަކަށް ވާތީ މި މައްސަލާގައި ހައްލެއް ލިބެންދެން އިދިކޮޅު އިއްތިހާދުން މަސައްކަތް ކުރާނެ ކަމަށެވެ.
ސަބްސިޑީ ފަގީރުންނަށް އެކަނި ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ ސަބްސިޑީ 100 ޕަސެންޓް މައްޗަށް ޖެއްސުމުން އެކަމާ ނުރުހުންފާޅުކޮށް ގިނަ ރަށްތަކެއްގައި ދަނީ މުޒާހަރާކުރަމުންނެވެ. މިއަދު ހަވީރު ވެސް ގިނަ ރަށްތަކެއްގައި އެއްފަހަރާ މިކަމާ ދެކޮޅަށް ވަނީ އަޑުއުފުލައިފަ އެވެ.
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ސިއްރު ކުރަން އުޅެނީ އިންތިހާބުގެ ނަތީޖާ: ޝިފާޒު
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި
މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރަކު ހައްޔަރުކޮށްފި
މުޒާހަރާތަކަށް މީހުން އުފުލާ ދޯނިތަކުގެ ހުއްދަ ބާތިލް!
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން
ހައްޔަރީން ދިފާއުކޮށްދިނުމުގެ ފުރުސަތު ވަނީ ގެއްލިފައި