އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރުކުރި އިރު، މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
15 މާޗް 2018
އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރުކުރި އިރު، މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަޖީދީމަގުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހައްޔަރުކުރި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި 15 މީހުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މުޒާހަރާ ތެރެއިން ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި، ދެން ތިބި މީހުންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ތުހުމަތެވެ. ދެން މުޒާހަރާއިން ހައްޔަރު ކުރީ ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލާގަ އެވެ.
ފުލުހުން ބުނީ "ސަރުކާރު ވައްޓާލުމަށް" މަޖީދީ މަގަށް އެއްވި މީހުން، އާންމުންނަށް އުނދަގޫވާ ގޮތަށާއި ވިޔަފާރި ކުރުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ކުރާ މުޒާހަރާއެއް ކަމަށާއި އެކަމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ވެސް މުޒާހަރާ އަށް މާލޭގެ މަގުތަކަށް ނުކުތީ، ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް، ނުވަ މީހަކު މިނިވަންކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު ފަރާތްތަކުން މާދަމާ ވެސް އެއްވުމަކަށް ތައްޔާރުވަމުން އަންނައިރު އެ މުޒާހަރާއަށް ވެސް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި
މަޖިލީހުގެ ކުރީގެ މެމްބަރު އީސަ ދޫކޮށްލައިފި
ރައްޔިތުންގެ އަޑު ރައީސަށް މިރޭ އިއްވާނެ: އިދިކޮޅު
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
ރާއްޖެއަށް ގެންނަން އުޅެނީ އެހެން ހާލަތެއް: ނަޝީދު
އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ 9 މީހަކު
ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް
އިބޫ ހައްޔަރުކޮށް ދޫނިދުއަށް
ފުލުހުންގެ ޔުނިފޯމްގައި ތިބެ އިންޒާރުދޭ އާ ވީޑިއޯއެއް