14 މާޗް 2018
މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު މިރޭ ހައްޔަރުކޮށްފި އެވެ.
މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު މިރޭ ހައްޔަރުކޮށްފި އެވެ.
އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މި ބޭފުޅުން ހައްޔަރު ކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ވެސް މުޒާހަރާ އަށް މާލޭގެ މަގުތަކަށް ނުކުތީ، ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން މިދިޔަ މަހުގެ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލަ އެވެ. މި އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ހިމެނެ އެވެ.
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި
މުޒާހަރާތަކަށް މީހުން އުފުލާ ދޯނިތަކުގެ ހުއްދަ ބާތިލް!
ޕީޕީއެމުން މަގުމަތީގައި ހަރަކާތެއް ނުބާއްވަން: ނިހާން
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
ސިފައިންގެ ހައްގު ނިގުޅައިގެންފި ނަމަ އިހްތިޖާޖުކުރާނަން
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!