16 ފެބުރުއަރީ 2020
ދަތުރުވެރިންގެ މާރުކޭޓު އަންނަ ރޯދައިގެ ކުރިން ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ދަތުރުވެރިންގެ މާރުކޭޓު އަންނަ ރޯދައިގެ ކުރިން ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީން ވިދާޅުވީ، ގޮޅިތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ގޮޅިތައް ލިބޭ މީހުން ކަނޑައަޅައި، ވަރަށް އަވަހަށް ގޮޅިތަށް ދޫކުރާނެ ކަމަށެވެ. ދަތުރުވެރިންގެ މާރުކޭޓުން 178 ގޮޅި ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާރުކޭޓުގެ ގޮޅިތަކަށް އެދި 2626 މީހުން ކުރިމަތިލާފައިވެ އެވެ.
ފަޒީން ވިދާޅުވީ، ގޮޅިތައް ދޭން ހަމަޖެހިފައި ވަނީ ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތު ނަގައިގެން ކަމަށެވެ. މާރުކޭޓު ގޮޅި ހޯދަން ކުރިމަތިލާ މީހުން އިވެލުއޭޓް ކުރަން ކުރިން ނިންމާފައިވީ ނަމަވެސް، އެކަން އެގޮތަށް ނުކުރަން ނިންމީ އެކަމަށް ގިނަ ވަގުތު ނަގާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާ ވިއްކަން ހާއްސަ ދަތުރުވެރިންގެ މާރުކޭޓު، މަރާމާތު ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މާރުކޭޓުގައި އޭރު ތަކެތި ވިއްކި މީހުންނަށް އިތުރު ތަނެއް ނުދައްކާ ބަންދު ކުރުމުން، އާންމުންނާއި އެތަނުގައި ވިޔަފާރި ކުރަމުން ދިޔަ މީހުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެތަން ބަންދުކުރީ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ފަސް މަސް ވެގެންދިޔަ އިރު ވެސް އަދިވެސް، އެތަން ހުޅުވިފައެއް ނުވެ އެވެ.
ބަންދު ކުރި އިރު މާރުކޭޓުގައި އޭރު ހުރީ 160 ގޮޅި އެވެ. އޭރު ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ގޮޅިތައް ބޮޑު ކުރުމަށެވެ. އެގޮތުން ކައުންސިލުން ވަނީ 117 ގޮޅިއަށް މަދުކުރަން ނިންމާފަ އެވެ. އެހެން ނަމަވެސް، ފަހުން ވަނީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ގޮޅިތަކުގެ އަދަދު އިތުރުކޮށްފަ އެވެ. މިހެން ވުމުގެ ސަބަބުން ކުރިން މާރުކޭޓު ގޮޅިތައް ހުރި ޖާގަ އަށް ވުރެ ވެސް އަލަށް ދޭ ގޮޅިތަކުގެ ޖާގަ ކުޑަވާނެ އެވެ.
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި
ވިލިމާލޭ މާރުކޭޓްގެ ކުލި މައާފް، މާލޭގައި ކުލި ކުޑަ
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފި
ވަގުތީ މާރުކޭޓް ހަދާނީ އިންޑަސްޓްރިއަލް ވިލެޖްގައި
މާރުކޭޓު ހުޅުވޭނެ ދުވަހެއް ނޭނގޭ: ސިޓީ ކައުންސިލް
މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
ގޮޅިތަކުގެ މީހުން ބުނަނީ ހާލުގައި ޖަައްސައިފި ކަމަށް
އެއްބަސްވުމާ ހިލާފުވި ގޮޅިތަކެއް ބަންދުކޮށްފި
ބާޒާރުގައި ކުރުނބައެއް 70ރ. އިން މައްޗަށް