11 ފެބުރުއަރީ 2020
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ މާލޭގައި ކުޅޭއިރު ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ އެހީބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ މާލޭގައި ކުޅޭއިރު ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ އެހީބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
ރާއްޖޭގައި 2016 ވަނަ އަހަރު ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ދަނޑު ފުރާލީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްކުރާ މީހުންނެވެ. އެ މެޗު ރާއްޖޭގައި ކުޅުނު ނަމަވެސް ގައުމީ ޓީމަށް އަމިއްލަ ދަނޑު ކުޅުމުގެ އިހުސާސް އެންމެ ބޭނުންވި ވަރަށް ނުކުރެވެ އެވެ. އޭއެފްސީ ކަޕްގައި މާދަމާ ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ކުޅޭއިރު ސަޕޯޓަރުންގެ އަދަދުން އެ ޓީމަށް ކުރި ލިބުމަށް މާޒިޔާ އިން ނޭދެ އެވެ.
މާދަމާ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އަބަހާނީގައި 1000 ވަރަކަށް ސަޕޯޓަރުން އެ ޓީމަށް ސަޕޯޓްދޭން ނުކުތްކަމަށާއި މާދަމާގެ މެޗުގައި ރާއްޖޭގެ 300 ނޫނީ 400 ސަޕޯޓަރުން ނުކުތުމަކީ އެންމެ ރަނގަޅު އަދަދެއް ކަމަށް ނުވެދާނެ ކަމަށެވެ.
"ރާއްޖޭގައި ހާއްސަކޮށް މާލޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް އަހަރެންގެ މެސެޖެއް އެބައޮތް. މާދަމާ ކުޅެނީ މާޒިޔާ. އެކަމަކު މާދަމާ މި ކުޅެނީ ރާއްޖޭގެ ޓީމަކާއި ބަންގްލަދޭޝްގެ ޓީމެއް. މާދަމާ އަހަރެމެން ދަނޑަށްދާއިރު ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްކުރާ މީހުންގެ 1000 ނޫނީ 1500 ދަނޑަށް ގޮސް ރާއްޖޭގެ 300 ނޫނީ 400 މީހުންނާ ދެކޮޅަށް ތިބެފިއްޔާ އެއީ އަހަރެން ހިތާމަކުރާނެ ކަމެއް. އަހަރެންގެ ނަޒަރުގައި މާޒިޔާ އަށް ދިވެހި ސަޕޯޓަރުންގެ އެހީ ބޭނުން. އަދި އެއީ ކުޅުންތެރިންނަށް ލިބުން ވެސް ހައްގު އެއްޗެއް. އަހަންނަށް ޔަގީން ދިވެހި ފުޓްބޯޅަ ސަޕޯޓަރުން މާޒިޔާ ފަހަތުގައި ތިބޭނެކަން،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ ކޯޗު ސެކުލޮސްކީ (ވ) އާއި އަބަހާނީގެ ކޯޗު ލެމޯސް ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ ހަފްތާގެ ބުދަ ދުވަހު ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު އަބަހާނީގެ ހޯމް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ މާޒިޔާ އަށެވެ. އެގޮތަށް ބަލާއިރު މާޒިޔާ އަށް އެޑްވާންޓޭޖެއް އޮތް ކަމުގައިވިޔަސް އޭގެ އަށް ނުވިސްނާނެ ކަމަށް ސެކުލޮސްކީ ބުންޏެވެ.
"ކުރިން މެޗު ނިމުނު ހިސާބުން އަހަރެމެން މި މެޗަށް ތައްޔާރީތަށް ފަށައިފިން. ޔަގީނުން ވެސް އަހަރެމެން ކޮޅަށް ވަން ގޯލުތަކަކީ އެ މީހުން މޮޅުވެގެން ޖެހިގޯލުތަކެއް ނޫން. އެއީ އަހަރެމެންނަށް ހެދުނު ގޯސްތަކަކުން ވަން ގޯލުތަކެއް. ތެދެއް. މި ދަނޑިވަޅަށް ބަލާއިރު އަހަރެމެންނަށް އެޑްވާންޓޭޖެއް އެބައޮތް. އެކަމަކު އަހަރެމެން އެކަމާ ނުވިސްނާ ބޭނުންވަނީ މި މެޗުން މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.
އަބަހާނީން ބަންގްލަދޭޝް ފެޑެރޭޝަން ކަޕްގައި ކުޅުނު ތިން މެޗު ބެލުމުން އެ ޓީމުގެ ރަނގަޅު މައުލޫމާތުތަކެއް ލިބި މާޒިޔާ އަށް ފުރަތަމަ ލެގަށް ވެސް ރަނގަޅަށް ތައްޔާރުވެވުނު ކަމަށް ސެކުލޮސްކީ ގަބޫލުކުރެ އެވެ. އަދި ފުރަތަމަ ލެގުގައި އަމިއްލަ އަށް އަބަހާނީން ބޭނުންކުރާ ކުޅުމުގެ ސްޓައިލް ތަޖުރިބާ ކުރެވުމަކީ މި މެޗަށް ނުކުންނައިރު ލިބޭނެ އިތުރު ފަސޭހައެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ކުރިން ވެސް ބުނިން ރާއްޖޭގެ ޓީމުތަކާ ވަރަށް ބޮޑަށް ތަފާތު ސްޓައިލަކަށޭ އަބަހާނީ މި ކުޅެނީ. އެހެންވެ ރަނގަޅަށް ތައްޔާރުވާން ފަށައިފިން ދުރާލާ މި މެޗަށް. އޭގެ ފައިދާ ވެސް ފެނިއްޖެ. ދެން ބޭނުމީ ހެދިފައި ހުރި ގޯސްތައް ރަނގަޅުވެ މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.
ސެކުލޮސްކީ ބުނީ މާލޭގައި ކުޅުނަސް އަދި ރަށުން ބޭރުގައި ކުޅޭ މެޗެއް ވިޔަސް އޭނާގެ ވިސްނުމަކީ މޮޅުވުން ކަމަށާއި މެޗަށް ކުޅުންތެރިން ނަގާއިރު ވިސްނަނީ 100 ޕަސެންޓް ދެވޭނެ ކުޅުންތެރިންނަށް އިސްކަންދީ މެޗުގައި އެންމެ މޮޅަށް ކުޅުން ކަމަށެވެ.
މާޒިޔާ އިން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ސެކުލޮސްކީގެ ކޯޗުކަމުގައި އަބަހާނީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް 2-0 އިން މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ އިންޓަ ޒޯން ސެމީގައި ކުޅުނު އަބަހާނީ އަށް އަދި ރާއްޖޭގައި މޮޅެއް ނުލިބެ އެވެ. އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
މާޒިޔާއަށް ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟
ފަހު ވަގުތު ޗެންނާއީން މާޒިޔާއާ އެއްވަރުކޮށްފި
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި