ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ފުލުހަށް ހުށައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
05 ފެބުރުއަރީ 2020
ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަ ފުލުހަށް ހުށައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެެއިން 60 މެމްބަރުންގެ ވޯޓުން ފާސްކުރި ރިޕޯޓްގައި ހިމެނެނީ ދެ ކަމެކެވެ. އެއް ކަމަކީ ނޫމަޑި މައްސަލަ ކޮމިޓީން ދިރާސާކުރި އިރު، ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގައި ޑރ. މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ފޮނުވުމެވެ. އަނެއް ކަމަކީ ނޫމަޑި މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލަން، އޭސީސީއަށް ފޮނުވުމުވެ.
މަޖިލީހުން ރިޕޯޓް ފާސްކުރީ މާލިއްޔަތު ކޮމިޓީން އެކުލައިިލި ގޮތަށެވެ.
ކޯޓުން ބޭރުގައި ނޫމަޑިއަށް ބަދަލު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑިއަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއް ދިނެވެ.
މި ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.
މާލިއްޔަތު ކޮމިޓީން ނޫމަޑި މައްސަލަ ނިންމި އިރު ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ކޮމިޓީ އަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމުގެ އިތުރުން އާބިޓްރޭޝަންގައި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
އެ ރިޕޯޓަށް އިސްލާހު ހުށަހަޅަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި ނަމަވެސް އެއްވެސް މެމްބަރަކު އިސްލާހެއް ހުށަހަޅުއްވާފައެއް ނުވެ އެވެ.
ވެހިކަލް ގިނަވާގޮތެއް ނުހަދަން މުއިއްޒު އެދިވަޑައިގެންފި
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ނޫމަޑިން ދައުލަތަށް ފައިސާ ދިންތޯ ސުވާލު އުފައްދައިފި
މުއިއްޒުގެ މައްސަލަ ތަހުގީގުކުރަން ފޮނުވަން ހުށަހެޅުމެއް
ޕޮލްކޯގެ ކުރީގެ ވެރިންނާ ބައްދަލުކުރުން ވެސް ސިއްރު!
ޕޮލްކޯގެ ވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
ހުރިހާ ކުށްވެރިންނަކީ މަޖިލިސް މެމްބަރުން: ސަލީމް
ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް