07 ފެބުރުއަރީ 2020
ޝާހީ ޒިންމާތައް ދޫކޮށްލައްވައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ދިރިއުޅުއްވުން ބަދަލުކުރައްވާ ކެނެޑާ އަކީ ވަރަށް ފޫހި "ގައުމެއް" ކަމަށް ބުނެ، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓް ޝާހީ ދެކަނބަލުންނަށް ކުއްޔަށް ދޭން ތައްޔާރަށް ހުރި ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.

އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި 62 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ނިއު ޔޯކްގައި ހުންނަ އޭނާގެ ދެ ކޮޓަރީ އަޕާ ވެސްޓް ސައިޑް އެޕާޓްމަންޓަކީ އެތަނުގެ ބެލްކަނިން މެންހަޓަންގެ ރީތި މަންޒަރުތައް ވެސް ފެންނާނެ އަދި މުޅިން އެޕާޓްމަންޓުން ވެސް ވަރަށް ރީތި ވިއުއެއް ފެންނާނެ ތަނެއް ކަމަށެވެ.
އެހެންވެ ކެނެޑާ ކަހަލަ "ފޫހި" ތަނަކަށް ވަޑައިގެންނެވުމުގެ ބަދަލުގައި ނިއު ޔޯކްގެ މި އެޕާޓްމަންޓް މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް މެޑޯނާ ބުންޏެވެ.
މެޑޯނާގެ އަޕާ ވެސްޓް ސައިޑް އެޕާޓްމަންޓަކީ 2008 ގައި 7.3 މިލިއަން ޑޮލަރަށް ގަތް އެޕާޓްމަންޓެކެވެ.
އެމެރިކާގެ ލޮސް އެންޖެލިސް އަށް އުފަން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން، 38، އާއި ޕްރިންސް ހެރީ، 35، ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރު އެވެ. އެ ދެ ބޭފުޅުންނަށް ދަރިއަކު ލިބިވަޑައިގަތީ މިދިޔަ އަހަރު އެވެ.
ދެބޭފުޅުން ޝާހީ ޒިންމާތައް ދޫކޮށްލައްވާކަން އިއުލާންކުރެއްވީ މިދިޔަ މަހު އެވެ.
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު
މޭގަން މާކްލް އަލުން ހޮލީވުޑަށް؟
މެގަންގެ ބައްޕަ އަނެއްކާ ވެސް އޭނާއާ ދެކޮޅަށް
ހެރީގެ ނިންމެވުމަށް ރާނީ ރުހުން ދެއްވައިފި
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް
މޭގަން ބުލީކުރި މައްސަލަ ބަލަން ލޯ ފާމަކާ ހަވާލުކޮށްފި
މޭގަންގެ އިންޓަވިއުއިން ޔޯގަޓް ވިޔަފާރިއަކަށް ފައިދާ
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް