Roadha Mihaaru
ވެލެންސިއާ ބަލިކޮށް ނިއު ހަތަރު ވަނަ އަށް

ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާ ބަލިކޮށް ނިއު ހަތަރު ވަނަ އަށް

06 އޮކްޓޯބަރ 2016

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން 1-0 އިން ވެލެންސިއާ ބަލިކޮށް ނިއު ރޭޑިއަންޓް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން 1-0 އިން ވެލެންސިއާ ބަލިކޮށް ނިއު ރޭޑިއަންޓް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

އިއްޔެގެ މެޗަށް ނުކުތްއިރު ނިއު އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އިއްޔެގެ މޮޅާ އެކު އެ ޓީމު ވަނީ ހަ މެޗުން ހޯދި އަށް ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އިއްޔެގެ މެޗުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ވެލެންސިއާ މިހާރު އޮތީ ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުގައި ވެލެންސިއާ ކޮޅަށް ނިއު އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ކާމިޔާބުކުރީ ފަރުހާން އިބްރާހިމް އެވެ.

ސެމީ ފައިނަލުގެ ޖާގަ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ އާއި އީގަލްސް އިން ވަނީ ޔަގީންކޮށްފަ އެވެ. ސެމީގެ އަނެއް ދެ ޖާގައަށް ވާދަކުރަނީ މާޒިޔާ، ނިއު، ވެލެންސިއާ އަދި ވިކްޓަރީ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ބީޖީ އާއި އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ސެމީގެ ޖާގަ ވަނީ ގެއްލިފަ އެވެ.

ސެމީ ފައިނަލާއި ފައިނަލް މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.