Roadha Mihaaru
ހިތާނު ކުރަނިކޮށް އަންހެން ކުއްޖަކު މަރުވި ގޮތް ބަލަނީ

މިސްރުގައި ހިތާނު ކުރަނިކޮށް އަންހެން ކުއްޖަކު މަރުވި މައްސަލަ ބަލަނީ

31 މެއި 2016

ގާހިރާ (މެއި 31) - މިސްރުގައި އަންހެން ކުއްޖަކު ހިތާނު ކުރަން އުޅުމުގެ ތެރޭގައި މަރުވި މައްސަލަ ތަހުގީގު ކުރަން ފަށަފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ގާހިރާ (މެއި 31) - މިސްރުގައި އަންހެން ކުއްޖަކު ހިތާނު ކުރަން އުޅުމުގެ ތެރޭގައި މަރުވި މައްސަލަ ތަހުގީގު ކުރަން ފަށަފި އެވެ.

މިސްރުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 17 އަހަރުގެ މާޔާ މުހައްމަދު މޫސާ މަރުވީ، ސުއެޒް ސަރަހައްދުގައި ހުރި އަމިއްލަ ހޮސްޕިޓަލެއްގައި ހޭނައްތައިގެން ހިތާނު ކުރަން އުޅުމުގެ ތެރޭގަ އެވެ.

"އެއީ ގާނޫނީ ގޮތުން މަނާ ކަމެއް،" އެ ސަރަހައްދުގެ ހެލްތް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ ލުތުފީ އަބްދުލް ސާމީ އޭއެފްޕީ އަށް ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މާޔާގެ ކުރިން، އޭނާގެ ދައްތަ ވެސް ވަނީ އާދީއްތަ ދުވަހު ހިތާނުކޮށްފަ އެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ އަންހެން ޑޮކްޓަރެއް ކަމަށް އޮފިޝަލުން ވަނީ ހާމަކުރައްވައިފަ އެވެ.

ޭއަންހެން ކުދިން ހިތާނު ކުރުން 2008 ވަނަ އަހަރު މިސްރުގައި މަނާކޮށްފައިވީ ނަމަވެސް، ފަގީރު ހިސާބު ތަކުގައި އެކަން އަދިވެސް އާންމުކޮށް ކުރޭ.

އަންހެން ކުދިން ހިތާނު ކުރުން 2008 ވަނަ އަހަރު މިސްރުގައި މަނާކޮށްފައިވީ ނަމަވެސް، ފަގީރު ހިސާބު ތަކުގައި އެކަން އަދިވެސް އާންމުކޮށް ކުރެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، އެ ފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ޑޮކްޓަރަކު ވަނީ ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އެ މައްސަލާގައި ހިމެނޭ އަންހެން ކުއްޖާގެ ބައްޕަ އަށް ވެސް ތިން މަސް ދުވަހުގެ ސަސްޕެންޑަޑް ހުކުމެއް އައެވެ.

މާޔާގެ މަރާ ގުޅިގެން، އެ ހޮސްޕިޓަލް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށް ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފަ އެވެ.

ދިރާސާތަކުން ދައްކާގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެނުން ވަނީ ހިތާނުކޮށްފަ އެވެ. ނަމަވެސް، މިސްރުގައި އަންހެން ކުދިން ހިތާނު ކުރުން މަދުވަމުން އަންނަ ކަމުގައި، ޔޫއެންޑީޕީގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. އަދި 92 ޕަސެންޓް މައިން ހިތާނުކޮށްފައިވާ އިރު، އެ މީހުންގެ އަންހެން ދަރިން ހިތާނުކުރަން ބޭނުން ވަނީ އެންމެ 35 ޕަސަންޓް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.