Roadha Mihaaru
ފަނޑިޔާރުންނަށް ވެސް ހަ މަހުގެ ޗުއްޓީ ދޭ ގޮތް ހަދަނީ

ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ވެސް ހަ މަހު ޗުއްޓީ ދޭ ގޮތަށް އިސްލާހު ގެންނަނީ

03 ފެބުރުއަރީ 2020

ވިހެއުމާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ހަ މަހުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިހެއުމާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ހަ މަހުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ ދިނުމުގެ އިތުރަށް އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް އެއް މަހުގެ ޗުއްޓީއެއް ދައުލަތުގެ ގިނަ މުއައްސަސާތަކުން މިހާރު ދެ އެވެ. އެކަމަކު ފަނޑިޔާރުންގެ ގާނޫނު އޮތް ގޮތުން ފަނޑިޔާރުންނަށް މުސާރަ ލިބޭ ގޮތަށް ދެވެނީ އަހަރަކު އެއް މަހުގެ ޗުއްޓީއެއް ކަމަށް ވާތީ އެ މުއްދަތުގެ ޗުއްޓީއެއް ނުލިބެ އެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންހެން ފަނޑިޔާރުން ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީއެއް ދިނުމަށާއި އަނބިމީހާ ވިހެއުމުގެ ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީ ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ވިހެއުމާ ގުޅިގެން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ޗުއްޓީ ދޭން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ