05 ޖުލައި 2022
ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭ މަޖިލީހެވެ. މިއީ ޖޭއެސްސީގެ ނިންމުމެއް ގޯސްކޮށް ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ފުރަތަމަ ފަހަރެވެ.
އިސް މެޖިސްޓްރޭޓް ސިޔާމާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކާ ދެކޮޅަށް ފުލުހުން ލިޔުންތަކުގައި ހެކި ހުށަހަޅާފައި ހުއްޓާ އެ މީހާގެ ކުށުގެ ރެކޯޑް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ކޯޓު އަމުރުގައި ބަޔާން ކޮށްފައިވާ ކަމަށް ބުނެ އެވެ.
ޖޭއެސްސީން ނިންމާފައި އޮތީ ސުލޫކީ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ސިޔާމާ ފުރިހަމަކުރަންޖެހޭ ގޮތަށެވެ. އެ ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް މަޖިލީހުން އިއްޔެ ނިންމީ އެކަމުގައި ސުލޫކާ ޚިލާފް ކަމެއް ފެންނަން ނެތް ކަމަށެވެ.
ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިއްތިފާގުން ނިންމެވީ އިސް މެޖިސްޓްރޭޓްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފް ކަމެއް ނޫން ކަމަށެވެ.
އެ ނިންމުމުގައިވަނީ ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ހަދާ އިޖްރާއީ ގޯސްތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނައިރު، މި މައްސަލާގައި އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި ފަނޑިޔާރަކު ހަދާ އިޖްރާއީ ގޯހެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފްކަމެއް ބޭރުފުށުން ފެނިފައިވާ ކަމަށާއި އެ ނޫން ހާލަތްތަކުގައި އެކަންކަމާ މެދު ގޮތެއް ނިންމޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވާ ގޮތުން އެ މައްސަލާގެ ތުހުމަތު ކުރެވުނު މީހާ ބަންދުން ދޫކޮށްލުމުގައި ކުށުގެ ރެކޯޑް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ނިންމުމުގައި ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދަ ޣައިރު ސުލޫކީ އަމަލެއް ފެންނާކަށް ނެތެވެ.
ޖޭއެސްސީން އެ މައްސަލަ ބެލުމުގައި އަމަލުކުރި އިޖްރައާތުގައި ފާޅުކަން ބޮޑު ބޭ އިންސާފެއް ފެންނަން ނެތް ކަމަށް ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މުހުތާޒްގެ އަޣުލަބިއްޔަތުން ނިންމެވި އެވެ. އެހެން ނަމަވެސް ފަނޑިޔާރު ޝުއައިބުގެ ރައުޔަކީ ޖޭއެސްސީން މައްސަލަ ބެލުމުގައި އަމަލުކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ހުކުމްކުރުން ލަސްވުމުން މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ހުލާސާ ރިޕޯޓަށް ބަދަލު ގެނައި މެޖިސްޓްރޭޓަކު ސަސްޕެންޑް
ފަނޑިޔާރުންނަށްލިބޭ ހަދިޔާ ކޯޓާ ހަވާލުކުރަން އަންގައިފި
ޔާމީންގެ މައްސަލާގައި މެޖިސްޓްރޭޓް ނިހާނަށް ފިޔަވަޅު
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
މެޖިސްޓްރޭޓަކު ފަރުވާކުޑަކުރި ކަމަށްބުނެ މައްސަލަ ބަލަނީ
އެއްމަސް ތެރޭ ހުކުމް ނުކުރުމުން ސުލޫކީ މައްސަލައެއް
ގާޒީ އަލީ އަބްދުﷲ އާ މެދު ފިޔަވަޅު އަޅަން ނިންމައިފި
ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަނީ