02 ފެބުރުއަރީ 2020
ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) އިންނަން މިއަދު ރަން ކިޔައިފި އެވެ.
ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) އިންނަން މިއަދު ރަން ކިޔައިފި އެވެ.
އައްޒަގެ އާއިލާ ދިރިއުޅޭ ވިލިމާލޭ އަތިރިމަތީގައި ދިވެހި ސަގާފީ ގޮތަކަށް ބޭއްވި ރަން ކިއުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވާފައި އިރު، ދެ ފަރާތުގެ އާއިލާގެ މީހުން ބައިވެރިވެފައިވެ އެވެ.
މުއާ އާއި އައްޒަ ކައިވެނިކުރަން ރަން ކީ ދެ މީހުން ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އަޑުތައް އަރާފައިވާ ގޮތުން ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި، އެ ގުޅުން ލޯތްބަށް ބަދަލުވީ މުއާ ޑައިރެކްޓްކޮށް، އައްޒަ ޓައިޓްލް ރޯލް ކުޅެ މިދިޔަ އަހަރު ގެނެސްދިން "ލީނާ" ޝޫޓްކުރި ދުވަސްވަރު އެވެ.
އެ ދެ މީހުން ރަން ކީ ނަމަވެސް ކައިވެނިކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އައްޒަ އާއި މުއާ ވެސް ކުރިން ކައިވެނިކޮށް، ދަރިން ލިބިފައިވެ އެވެ.
އައްޒަ ކުރިން ކައިވެނިކުރީ އެކްޓަރު/ޑިޒައިނަރު އިސްމާއީލް ޖުމާހް (ޖުމާ) އާ އެވެ. މުއާ ކައިވެނިކުރީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރު ޝާޔަން ޝާހިދާ އެވެ.
މުއާ އާއި ޖުމާ އައްޒަގެ ދަރިފުޅާ އެކު.
މުއާ އާއި އައްޒަ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، ބައިސްކޯފުން މިހާރު ސްޓްރީމްކުރާ ފާތުމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަނުން ވެސް ދެ މީހުން ޖޯޑެއްގެ ގޮތުގައި ފެންނާނެ އެވެ. އޭގައި މުއާ ކުޅެނީ އައްޒަގެ މިހާރުގެ ޅިޔަނު ރަވީ ފާރޫގް ކުޅުނު އާޒިމްގެ ކެރެކްޓާ އެވެ. ރަވީ އަކީ އައްޒަގެ ދައްތަ އަދި ބަަތަލާ އައިޝަތު ރިޝްމީގެ ފިރިމީހާ އެވެ.
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
އައްޒަ އާއި މުއާ ކައިވެނިކޮށްފި
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް
"ލީނާ" މިރޭ އޮލިމްޕަހަށް
"ލީނާ" ގެ ޕްރޮމޯ ލަވައަކީ "ނޭވާލާ ހިނދު"
"ލީނާ" ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް: މުއާ
"ލީނާ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި
މުއާގެ "ލީނާ" އަންނަ މަހު 23 ގައި
"ލީނާ" ގެ ޓީޒާ: މިއީ މައުސޫމު އަންހެން ކުއްޖެއްގެ ވާހަކަ