15 ޖުލައި 2019
މި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ލީނާ" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ލީނާ" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.
"ނޭވާލާ ހިނދު" ގެ ނަން ދީފައިވާ މަޑުމައިތިރި ލޯބީގެ ލަވައިން ފިލްމުގެ ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ (ދޮންއައްޔަ) އާޒިމާ އެކު، ލަވަ ކިޔާފައިވާ ދެ ފަންނާނުން ވެސް ފެނިގެން ދެ އެވެ. އެއީ ހަސަން ތޮލާގާއި ލަމްހާ ލަތީފެވެ.
އިބްރާހީމް (ކުޑައިއްބެ) ޒައިދު އަލީގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ޅެން ލިޔެފައި ވަނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އެވެ.
"ލީނާ" އަކީ އެކްޓަރު އަބްދުﷲ (މުއާ) ގެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ރޯލަކުން މުއާ ވެސް ފެންނާނެ އެވެ.
"ލީނާ" ގެ ޕްރޮމޯ ލަވަ.
މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއް ކިޔައިދޭ "ލީނާ" ގެ ކާސްޓުންގެ ތެރޭގައި ޒީނަތު އަައްބާސް، އަހުމަދު ނިމާލް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު (އާނަންދު) އީސަ އަދި އަހުމަދު ސައީދު ހިމެނެ އެވެ.
ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ. މުއާ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފީޗާ ޑައިރެކްޝަން "ލީނާ" ގެ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަކޮށް ބާއްވާނެ އެވެ.
"ލީނާ" މިރޭ އޮލިމްޕަހަށް
"ލީނާ" ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް: މުއާ
"ލީނާ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ކާސްޓުންގެ އަޑުން
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
އައްޒަ އާއި މުއާ ކައިވެނިކޮށްފި
މުއާއާ އިންނަން އައްޒަގެ ރަނަކީ 30ރ.
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް