01 ޖުލައި 2019
މި މަހުގެ 23 ގައި އަޅުވަން ނިންމާފައިވާ ފިލްމު "ލީނާ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
މި މަހުގެ 23 ގައި އަޅުވަން ނިންމާފައިވާ ފިލްމު "ލީނާ" ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ، ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު އަބްދުﷲ (މުއާ) މުއާޒްގެ ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލީނާ" ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ.
އއ. އުކުޅަހުގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ (ދޮންއައްޔަ) އާޒިމް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަހުމަދު (އާނަންދު) އީސަ، ޒީނަތު، އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.
"ލީނާ" ބެލުންތެރިންނަށް ދައްކާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ވަރަށް އަވަހަށް ފިލްމުގެ ޓިކެޓް ވެސް ވިއްކަން ފަށާނެ އެވެ.
މި ފިލްމާ ބެހޭ ގޮތުން މުއާ ބުނެފައި ވަނީ މިއީ ބެލުންތެރިންނަށް ކަމުދާނެ އަދި ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށެވެ.
"ލީނާ" ގެ އާ ޓްރެއިލާ.
"މިއަށްކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ ހަމަ ގައިމު ވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ. އަހަންނަކީ އަބަދު ވެސް ކުރާ ކަމަކަށް މެކްސިމް ދޭ މީހެއް. އެހެންވީމާ ޓެކްނިކަލީ ވެސް ފުރިހަމަ އަދި ބެލުންތެރިންނަށް ވެސް ރީތި ވާނެ ފިލްމަކަށް ލީނާ ވާނެ،" އޭނާ ބުންޏެވެ. "އަހަރެން އަމިއްލައަކަށް ނުބުނާނަން ފިލްމު ވަރަށް މޮޅުވާނެއެކޭ. އެކަން ޖަޖް ކުރާނީ ބެލުންތެރިން."
"ލީނާ" އަކީ މި އަހަރު އޮލިމްޕަހަށް އަންނަ 7 ވަނަ ފިލްމެވެ.
"ލީނާ" މިރޭ އޮލިމްޕަހަށް
"ލީނާ" ގެ ޕްރޮމޯ ލަވައަކީ "ނޭވާލާ ހިނދު"
"ލީނާ" ފިލްމާއި އަޒްލީނާގެ ހަޔާތަކާ ގުޅުމެއް ނެތް: މުއާ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
އައްޒަ އާއި މުއާ ކައިވެނިކޮށްފި
މުއާއާ އިންނަން އައްޒަގެ ރަނަކީ 30ރ.
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް
މުއާގެ "ލީނާ" އަންނަ މަހު 23 ގައި