06 އޮކްޓޯބަރ 2016
ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުނުވާ ކަމަށާއި ކާޑުގެ އަގު ބޮޑުވި މައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުނުވާ ކަމަށާއި ކާޑުގެ އަގު ބޮޑުވި މައްސަލާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ނިންމައި، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ސަރުކާރެކެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ރާއްޖެ ހަމައަކަށް އަޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްއަކީ (ޔާމީން) އިހްލާސްތެރިއެއްކަން ސާބިތު ވަނީ މި ކަހަލަ ކަންކަމުން، ތެދުވެރިއެއްކަން ގަބޫލު ކުރަން ޖެހޭނީ މި ކަހަލަ ހަގީގަތްތަކުން،" ކާޑު އަގު ބޮޑުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަކެތީގެ އަގު އިންތިހާ އަށް އުފުލިގެން ދިޔައީ މީގެ ކުރިން ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ގައުމު އިގްތިސާދު ބޮޑު އަނދަވަޅަކަށް ވައްޓާލުމުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ކިތަންމެ ރުޅިއަޔަސް، މި ގައުމަށްޓަކައި ރައީސް ޔާމީން އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ އެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭން މިއަށްވުރެ ވަކިން މަސައްކަތް ކުރާ ސަރުކާރެއް ދިވެހި ތާރީހު ދެކިފައެއް ނުވޭ،" ސަރުކާރުގެ ނިންމުން ދިފާއު ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރެއިންނާއި ބޭރުން ކިތަންމެ ޕްރެޝަރެއް ކުރިޔަސް، ސަރުކާރު ދިފާއު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވި އެވެ.
ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް، އެ ތަކެތި އެތެރެ ކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައި ވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240ރ. އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ. ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
ވިޔަފާރިކުރާ ތަނަކަށް މަޖިލިސް ވެގެން ނުވާނެ: ވައްޑެ
ކާޑުގެ މައްސަލާގައި ދެ މިނިސްޓަރަކު ކޮމެޓީ އަށް
ކާޑު ސަބްސިޑީ ކުރިން ވެސް އޮތް ގޮތަށް ބާއްވަން އެދެފި
"ކާޑު އަގުހެޔޮކުރޭ، ރައީސް ވަނީ ހައްދުފަހަނައަޅާފައި"
ކާޑު އަގު ބޮޑުކުރި މައްސަލާގައި ކުއްލި މައްސަލައެއް
ކާޑުގެ އަގު ބޮޑުކުރި މައްސަލަ މަޖިލީހުން ބަލަނީ
ކާޑު މައްސަލާގައި ކެނޑިނޭޅި މަސައްކަތް ކުރާނަން:އަސްމާ
"އެއް އަގެއްގައި ކާޑު ވިއްކަން ފަސޭހައެއް ނުވާނެ"
"މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް"