31 ޖެނުއަރީ 2020
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އެ ކުންފުނިން އުއްމީދު ކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އެގޮތުން އެ މުއްދަތުގައި ބޭންކު ހިންގުމުގެ ފައިދާ 11.4 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްއައިބީން ބުންޏެވެ. އެއީ 68.7 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްއައިބީއަށް ލިބުނު ފައިދާގެ ސަބަބުން އެ ބޭންކުގެ ނެޓް އެސެޓުގެ އަގު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެ ބޭންކު ޕަބްލިކް ކުންފުންޏަކަށް ބަދަލުވުމެވެ. މި ބަދަލު ގެނައުމުގެ ގޮތުން އާއްމުންނަށް ހިއްސާ ގަންނަން ހުޅުވާލުމުން ބޮޑު ތަރުހީބެއް ވަނީ ލިިބިފަ އެވެ. އެގޮތުން، ހިއްސާ ވިއްކަން ހުޅުވާލި އަދަދަށްވުރެ 46 ޕަސެންޓް އިތުރަށް ހިއްސާ ގަންނަން ވަނީ ހުށަހަޅާފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އައިޕީއޯ ކަމަށް އެމްއައިބީން ބުނެ އެވެ.
މީގެ އިތުރުން މިދިޔަ ކުއާޓާގައި އެމްއައިބީން ވަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ބާޒާރު ކަސްޓަމާ ސާވިސް ސެންޓަރެއް ހުޅުވާފަ އެވެ. އަދި "ކާމިޔާބު ކިޑްސް"ގެ ނަމުގައި އާ ސޭވިންގް އެކައުންޓެއް ވެސް އެމްއައިބީ ވަނީ ތައާރަފު ކޮށްފަ އެވެ. މި އެކައުންޓަކީ ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް ރަނގަޅު ފައިދާއަކާއެކު ކުއްޖާ އަށް 18 އަހަރު ފުރުމުން ނެގޭގޮތަށް ހުޅުވޭ އެކައުންޓެކެވެ. ޑޮލަރު އަދި ރުފިޔާއިން ވެސް މި އެކައުންޓު ހުޅުވޭނެ އެވެ.
މި އަހަރު ވެސް ބޭންކުގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ. މީގެ ތެރޭގައި އިތުރު ބްރާންޗު ހުޅުވުމާއި، އޭޓީއެމް އަދި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޯބައިލް އަދި އޮންލައިން ބޭންކިން އިތުރަށް ފުޅާކުރުމާއި އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓުތައް ތައާރަފު ކުރުން ހިމެނޭ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި
މާދަމާ އެމްއައިބީ ވެސް ބަންދުވާނެ
ކާޑު ނެތި ފައިސާ ޖަމާކުރެވޭ ގޮތް އެމްއައިބީން ހަދައިފި
ހޯމައިން ބުރާސްފައްޗަށް އެމްއައިބީގެ ހިދުމަތް ލިބޭނެ
އެމްއައިބީން ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭނެ
އެމްއައިބީ ވެސް ބަންދު ހަފުތާގެ ތިން ދުވަހު ހުޅުވާނެ
ހިއްސާ ވިއްކުމަށް އެމްއައިބީއިން ތައްޔާރުވަނީ
އެމްއައިބީން 'އުޖާލާ ދިރިއުޅުން' އިފްތިތާހުކޮށްފި