Roadha Mihaaru
އުލިގަމު ޔޮޓް މަހާސިންތާ ނިންމާލައިފި

އުލިގަމަށް ހާއްސަކޮށްގެން ބޭއްވި ޔޮޓު މަހާސިންތާ ނިންމާލައިފި

30 ޖެނުއަރީ 2020

ހއ. އުލިގަމަށް ހާއްސަކޮށްގެން ކަސްޓަމްސްގައި ކުރިއަށްގެންދިޔަ "ޔޮޓު މަހާސިންތާ" ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހއ. އުލިގަމަށް ހާއްސަކޮށްގެން ކަސްޓަމްސްގައި ކުރިއަށްގެންދިޔަ "ޔޮޓު މަހާސިންތާ" ނިންމާލައިފި އެވެ.

މި މަހާސިންތާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި އުލިގަމު ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކަމާ ބެހޭ 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިިވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާ އަކީ އުލިގަމަށް ބަނދަރުކުރާ ޔޮޓު ފަހަރު މަދުވެފައިވާ ސަބަބުތައް ދެނެގަތުމާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. މި މަހާސިންތާގައި ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ކަމާ ގުޅޭ ޖަމިއްޔާތަކުން، ވަނީ މައްސަލައާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންތައްތަކާއި އެކަންކަން ހައްލުކުރުމަށް ހުށަހަޅާ ކަންކަމުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަން ހުށަހަޅައިފަ އެވެ.

ޔޮޓު މަހާސިންތާގެ ބައިވެރިންތަކެއް: މި މަހާސިންތާގައި 15 އިދާރާއަކުން ބައިވެރިވި-- ފޮޓޯ: ކަސްޓަމްސް

ޔޮޓު މަހާސިންތާގެ ބައިވެރިންތަކެއް: މި މަހާސިންތާގައި 15 އިދާރާއަކުން ބައިވެރިވި-- ފޮޓޯ: ކަސްޓަމްސް

މި މަހާސިންތާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބިނާކޮށް ތައްޔާރު ކުރާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. މި ރިޕޯޓު ހުށަހެޅުމުން އެ މައްސަލަތައް ހައްލު ކުރުމަށް ވީހާވެސް އަވަހަށް މަސައްކަތް ކޮށްދެއްވުމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފު އެދިވަޑައިގެންނެވި އެވެ.

ޝަރީފު ވިދާޅުވީ މިއަދުގެ މަހާސިންތާގައި ނިންމި ކަންތައްތަކުގެ ތެރެއިން ކަސްޓަމްސް މެދުވެރިކޮށް ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަންނަ މަސްތެރޭގައި އުލިގަމުގެ އާ ކަސްޓަމަސް އޮފީސް ހުޅުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތަކީ އަޅުގަނޑުމެން 2019 ވަނަ އަހަރުން ފެށިގެން ކުރަން ބޭނުންވެފައިވާ މަސައްކަތެއް. އެގޮތުން، މިއަދު ނިންމި ކަންތައްތަކުގެ ތެރޭގައި ޓްރެކިން ޑިވައިސްތަކުގެ ފީ އަޅުގަނޑުމެން ކުޑަ ކުރާނަން. އަދި އުލިގަމަކީ ޔޮޓުތައް އަންނަ ބަނދަރެއް އޮތް ރަށަކަށް ހެދުމަށް ކުރެވެން ހުރި ކަމެއް އަޅުގަނޑުމެންގެ ފަރާތުން ކުރަމުން ގެންދާނަން،" އަބްދުﷲ ޝަރީފު ވިދާޅުވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު (ކ) އަދި ބާރަށު ދާއިރާގެ މެމްބަރު ޔޮޓު މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ކަސްޓަމްސް

ހޯރަފުށި ދާއިރާގެ މެމްބަރު (ކ) އަދި ބާރަށު ދާއިރާގެ މެމްބަރު ޔޮޓު މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ކަސްޓަމްސް

މި މަހާސިންތާއާ ގުޅޭގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ފަހަރަށް ވަކި ރަށަކަށް ހާއްސަކޮށްގެން ކުރިއަސްގެންދެވުނު މަހާސިންތާ އުލިގަމަށް ހާއްސަ ކުރެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި އުލިގަމަށް ދިމާވެފައިވާ މައްސަލަތަކަށް މިއަދުގެ ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ސަލީމް ވިދާޅުވި އެވެ.

އުލިގަމަށް ބަނދަރުކުރާ ޔޮޓު ފަހަރު މަދުވެފައިވާ ސަބަބުތައް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކުރިން އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ރަށުގައި ޔޮޓުގެ ވިޔަފާރި ކުރިއަރުވާނެ ކަމަށް ވިދާޅުވެފަ އެވެ.