28 ޖެނުއަރީ 2020
ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ފުން އަސަރު، ހުސެއިން ނިޔާޒްގެ މޫނުމަތިން ފެންނަން ހުއްޓެވެ. އިއްޔެ ވީ ކަމެއް ފަދައިން، މީގެ 15 އަހަރު ކުރީގެ ހަނދާންތައް، ހަފުލާގެ ބައިވެރިންނާ އޭނާ ހިއްސާކުރެއްވީ، ރާއްޖެއަށް އަލަށް އައި ކުންފުންޏަކުން ފެށި ދަތުރުގެ ފުރަތަމަކޮޅު ދިމާވި ގޮންޖެހުންތަކާއި އުފަލަން ޖެހުނު ބުރައިގެ ކުޑަ ނަމަވެސް ތަޖުރިބާތަކެއް ކިޔަައިދެއްވުމުގެ ގޮތުންނެވެ.
ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ފުން އަސަރު، ހުސެއިން ނިޔާޒްގެ މޫނުމަތިން ފެންނަން ހުއްޓެވެ. އިއްޔެ ވީ ކަމެއް ފަދައިން، މީގެ 15 އަހަރު ކުރީގެ ހަނދާންތައް، ހަފުލާގެ ބައިވެރިންނާ އޭނާ ހިއްސާކުރެއްވީ، ރާއްޖެއަށް އަލަށް އައި ކުންފުންޏަކުން ފެށި ދަތުރުގެ ފުރަތަމަކޮޅު ދިމާވި ގޮންޖެހުންތަކާއި އުފަލަން ޖެހުނު ބުރައިގެ ކުޑަ ނަމަވެސް ތަޖުރިބާތަކެއް ކިޔަައިދެއްވުމުގެ ގޮތުންނެވެ.
އޭރު އެއީ ވަތަނިއްޔާ އެވެ. މިއަދު އެއީ އުރީދޫ އެވެ. އޭރު ދިވެހިންނާ ހަމައަށް ގެނެސްދިން މުވާސަލާތީ އާ ގުޅުން ފެށިތާ މި އަހަރުގެ އޮގަސްޓް 1 އަށް 15 އަހަރު ފުރޭނެ އެވެ. ރޭ ހޮޓެލް ޖެންގައި އޮތީ، 15 އަހަރު ފުރުން ފެށުމުގެ ގޮތުން އުރީދޫން ބޭއްވި ހަފުލާ އެވެ.
މިހާރު އެކްޓިން، ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ނިޔާޒަކީ އެންމެ ފުރަތަމަ އުރީދޫއަށް ވެންނެވި މުވައްޒަފުންގެ ތެރެއިން އެއް ބޭފުޅެވެ. އެންމެ ހަ މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މޮބައިލް ފޯނުގެ ހިދުމަތް ފަށަން ޖެހުނު އިރު އެއީ، އޭނާ ސިފަކުރެއްވި ގޮތުގައި، "މިކަހަލަ ދުވަސްވަރެއްގައި މިކަހަލަ ބޮޑު އޮޕަރޭޝަނަަކަށް" ވަރަށް ބޮޑު އުނދަގުލެކެވެ.
"މިކަހަލަ ދުވަސްވަރެއް" ކަމަށް ވިދާޅުވި ބަހުގެ މާނައަކީ، ގެއްލުން ބޮޑުވި ސުނާމީ ކުރިމަތިވެ، ރާއްޖޭގެ އިގުތިސާދަށް ވެސް ބޮޑު ގޮންޖެހުން އޮތް ވަގުތަކަށް ވުމެވެ. ސުނާމީގެ ބިރުވެރި ހާދިސާގެ އަސަރުތައް އޭރު ހުރީ ހަމަ ތާޒާކޮށެވެ. ސަރުކާރުން ވަތަނިއްޔާ އަށް ލައިސަންސް ދިނީ ސުނާމީގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފުނޑުފުނޑުވުމުގެ ތަޖުރިބާ ކުރިތާ އެންމެ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. އަދި އެންމެ ހަ މަސްދުވަހުގެ ތެރޭގައި ހިދުމަތް ފަށަން ޖެހެ އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި، އޭރިޔާ ޖަހަން ބައެއް ރަށްރަށަށް އެރީ ދަގަނޑުތައް ކޮނޑު މަތީ ބަހައްޓައިގެން ކަރުތާ ފެނުގަ އެވެ. ރަށްރަށުގައި އޭރު ކެފޭ/ރެސްޓޯރެންޓް ނުހުންނާތީ، މަސައްކަތުގައި ދުވަސްތައް ހޭދަކުރީ ރަނގަޅު ކާ އެއްޗެއް ނުލިބި އެވެ.
"އަޅުގަނޑުމެންގެ މެއިން ޑިޝްއަކީ ކޯކު ފުޅިއަކާއި ނިއުޓްރޯ ބިސްކޯދު ކިޔާ އެއްޗެއް،" އުތުރުގެ ގިނަ އަތޮޅުތަކެއްގައި، އޭރިޔާ ދަނޑި ޖެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވި ނިޔާޒު ވިދާޅުވި އެވެ.
"އެ ބިސްކޯދަކީ އަނެއްހެން ކޮމަންކޮށް [އާންމުކޮށް] ކިޔާ ނަމަ ސުނާމީ ބިސްކޯދު."
ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް، ކުއްލި އެހީއެއްގެ ގޮތުން ނިއުޓްރޯ ބިސްކޯދު ބަހާފައިވެ އެވެ. އެ ބިސްކޯދު އެ ދުވަސްވަރު އާންމުކަމުން، ބައެއް މީހުން ވަނަމަކަށް ދިނީ "ސުނާމީ ބިސްކޯދު" އެވެ.
"ތަންކޮޅެއް ހަރު އެއްޗެއް ކާލަން ބޭނުންވެއްޖެ ނަމަ ނޫޑްލުސް ޕެކެޓެއް، ނުވަތަ ހަނޑޫކޮޅެއް ގަނެފައި ކޮންމެވެސް ގެޔަކަށް ގޮސްފައި ބުނަނީ ކައްކާދޭށޭ،" ނިޔާޒްގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކުންފުންޏަށް ފުރަތަމަ ނެގި މުވައްޒަފުންގެ ހިތްވަރަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. އޭނާގެ ބަހުން ނަމަ "ދިވެހިރާއްޖެއަށް ވަތަނިއްޔާ އަންނަނިއްޔޭ ބުނީމާ ދިވެހި ރައްޔިތުން ތިބީ ވަރަށް އުފަލުން"ނެވެ. އެހެންކަމުން އެ އުފަލަށް ހުއްޓުމެއް އަޔަނުދޭން، ކޮންމެ ހާލެއްގައި ނަމަވެސް ހިދުމަތް ފޯރުކޮށްދިނުމުގެ ނިޔަތް އޮތީ، މުވައްޒަފުންގެ ހިތުގައި ބިންވަޅު ނެގިފަ އެވެ.
އުރީދޫގެ ހިދުމަތް ލިބިގަންނަން އާންމުން ކިޔޫ ހަދާފައި: ދިވެހިންނަށް ތަފާތު ތަޖުރިބާތަކަކަށް ފުރުސަތު ހުޅުވާލި .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
"ވަރަށް ބޮޑު އުއްމީދެއް އޮތް ވަތަނިއްޔާ، މިހާރު އުރީދޫ މުޅި ދިވެހިރާއްޖެއަށް އިންގިލާބެއް ގެންނާނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.
އެކަން ވަތަނިއްޔާ އާއި އުރީދޫން ދިވެހިންނަށް ފުރިހަމަކޮށްދިނެވެ. ޒަމާނީ ގުޅުންތަކުގެ ތަޖުރިބާ އާއި ދުނިޔޭގެ މުވާސަލާތީ ހިދުމަތަށް އަންނަ އަވަސް އަދި ބޮޑެތި ކުރިއެރުންތައް ދިވެހިންނާ ހަމައަށް ގެނެސްދިނެވެ. އެއީ ރަނގަޅަށް ކެވޭނެ ގޮތެއް ނެތި އަދި ބައެއް ފަހަރަށް ސާފިން ބޯޑުގައި ރަށްރަށަށް އެރުން ފަދަ ދަތި ހާލަތުގައި ނަމަވެސް، މުވައްޒަފުންތަކެއް ކުރި ބޮޑު ގުރުބާނީއެއްގެ ނަތީޖާ އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އޭރު ވެސް މުވައްޒަފުން ބުނަމުން ދިޔައީ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި އިންގިލާބުތަކެއް އާ ކުންފުނިން ގެނެސްދޭނެ ކަމެވެ. އެކަމަކު ހިތްވަރުއެލުވާ ލުމުގެ ގޮތުން ބައެއް މީހުންގެ ވާހަކަ ހުރީ ތަފާތުކޮށް ކަމަށް، އޭނާ ވިދާޅުވި އެވެ. މިސާލު ވެސް ދެއްކެވި އެވެ.
"އޭރުގައި އަޅުގަނޑުމެންގެ ރައްޓެހިން އުޅޭނެ އަނެއް ދިމާލުގައި ވެސް. އެ މީހުން ބުނޭ ވަތަނިއްޔާ މާ ގިނަ ދުވަހަކު ނޯންނާނޭ ރާއްޖެއަކު،" ނިޔާޒު ތަސްފީލު ދެއްވި އެވެ.
"އެކަމަކު އަޅުގަނޑުމެން ޗެލެންޖްކުރިން އޮންނާނޭ. މިކަން ކުރެވޭނޭ."
އެކަން އޭރު ވެސް އަދި މިހާރު ވެސް ދިވެހިންނަށް ފެނެ އެވެ. މުވާސަލާތީ ދާއިރާގައި ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތައް ދިވެހިންނާ ހަމައަށް އެންމެ ފުރަތަމަ ގެނެސްދޭ ކުންފުންޏަކަށް އުރީދޫ ވަނީ ވެފަ އެވެ. އޭރު ކުރިމަތިވި ދަތި ހާލަތްތަކުގައި ވެސް ބޮޑެތި ބަދަލުތަކެއް ދައްކައިދިނެވެ. ދިވެހިންނަށް ތަފާތު ތަޖުރިބާތަކަށް މަގު ހުޅުވާލަ ދިނެވެ.
ނިޔާޒުގެ ކުރިން ވާހަކަ ދެއްކެވި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވި ގޮތުން ނަމަ "3ޖީ ވިޔަސް، 4ޖީ ވިޔަސް އަދި 5ޖީ، މިހެން ގޮސް ކިތައްމެ ޖީއެއް އަޔަސް ދިވެހިންނަށް ފުރަތަމަ ގެނެސްދޭނެ ބަޔަކަށް ވާނީ އުރީދޫ" އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން، ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިދިއަ 15 އަހަރު އުރީދޫގެ ދަތުރުމަތީގައި ހުންނެވި ނިޔާޒު ވެސް އެކަން ގަބޫލުކުރައްވަ އެވެ. އޭނާގެ ތަޖުރިބާއަކީ، ދިވެހިންނަށްޓަކައި އަބަދުވެސް އުރީދޫ އޮންނާނެ ކަމެވެ.
"ދުނިޔެއަށް 'ޖީ'އެއް އަތުވެއްޖެއްޔާ އެ 'ޖީ'އެއް މި ރާއްޖެއަށް އިރާދަކުރެއްވިއްޔާ ގެންނާނެ. ޓެކްނޮލޮޖީގެ ގޮތުން ގެންނަ ކޮންމެ ޓެކްނޮލޮޖީއެއް ވެސް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް ގެންނަ އެންމެ ފުރަތަމަ ކޮމްޕެނީއަކަށް ވާނީ އުރީދޫ،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫގެ ތަޖުރިބާއަކީ ފައިދާ ނުވިޔަސް، ދިވެހިން ދޫނުކުރާނެ ކަމެވެ. އެއް މިސާލު ނަންގަވަމުން ނިޔާޒް ވިދާޅުވީ "ނުވަ ވަރަކަށް އަހަރު ދިޔައީ އެއްވެސް ގޮތަކަށް ފައިދާ ނުވެ" ކަމަށެވެ. އެކަމަކު އިންވެސްޓްމަންޓްތަކަށް ހުއްޓުމެއް ނުގެނެ އެވެ. އޭގެ މީރުކަން މިއަދު އަންނަނީ ލިބެމުންނެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ ދެން ތިބި މީހުންނާ އެއް ހަމަައެއްގައި،" ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ އާޗާ ޕްރިޕެއިޑުން ތިން ގުނަ އިތުރު ޑޭޓާ
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
އުރީދޫގެ ޗެއާމަނަކަށް އާ ބޭފުޅަކު އައްޔަންކޮށްފި
ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް
އުރީދޫ އާއި އާރުއޯއެލްގެ އިންޓަނެޓަށް މައްސަލަތަކެއް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ