06 ޖޫން 2017
ސަބްމެރިން ކޭބަލަށް މައްސަލައެއް ދިމާވެ، އުރީދު އާއި އާރުއޯއެލްގެ އިންޓަނެޓަށް މައްސަލަތަކެއް ދިމާވެެއްޖެ އެވެ.
ސަބްމެރިން ކޭބަލަށް މައްސަލައެއް ދިމާވެ، އުރީދު އާއި އާރުއޯއެލްގެ އިންޓަނެޓަށް މައްސަލަތަކެއް ދިމާވެެއްޖެ އެވެ.
އުރީދޫގެ ޑައިރެކްޓަ ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ އިންޓަނެޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނީ މިއަދު ހެނދުން ފެށިގެން ކަމަށެވެ. އެ މައްސަލަ ކުރިމަތިވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އަޅާފައިވާ ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި މުޅިން ޔަގީނެއް ނުވޭ އެއީ ސަބްމެރިންގެ ކޭބަލަށް ދިމާވި މައްސަލައެއް ކަމެއް ނުވަތަ ލޭންޑް ކޭބަލަށް ދިމާވި މައްސަލައެއް ކަމެއް. އެ މައްސަލަ ދިމާވެގެން އުޅޭ ގޮތް ބަލަމުން ދަނީ. އެ ކޭބަލަކަށް ދިމާވި މައްސަލައާ ގުޅިގެން، ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓްރެފިކް ޑައިވާޓް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓްރެފިކް ޑައިވާޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު ގަޑިއެއްހާއިރުގެ ތެރޭގައި ނިމޭނެ އެވެ.
"އެ ކޭބަލަށް މައްސަލަ ދިމާވި ނަމަވެސް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިގެނެއް ނުދޭ. އެ މައްސަލަ ހައްލުވާނެ ޓްރެފިކް ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޑައިވާޓްކޮށް ނިމުމުން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރު ސަބްމެރިން ކޭބަލަކަށް މައްސަލަތައް ދިމާވާ ކަމަށެވެ. ނަމަވެސް ހިދުމަތް މެދުނުކެނޑި ލިބެނީ ކޮންމެ ވެސް އެއް ކޭބަލަކަށް ޑައިވާޓްކުރާތީ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމާ ރާއްޖެއާ ދެމެދު އޮންނަ ސަބްމެރިން ކޭބަލް އުރީދޫގެ އިތުރުން އާރުއޯއެލް އިން ވެސް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރެ އެވެ.
އިންޓަނެޓަށް ވަގުތީ ހައްލެއް ހޯދިއްޖެ: އާރްއޯއެލް
އާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލައިފި
އިންޑިއާ ކުންފުންޏަކާ ގުޅިގެން ސަބްމެރިން ކޭބަލް އަޅަނީ
އުރީދޫން ކުޅުދުއްފުއްޓާއި ސިންގަޕޫރާއި ޔޫރަޕް ގުޅާލަނީ
ސްޓާލިންކަށް އިންޑިއާއިން އަދި ހުއްދައެއް ނުދޭ
އުރީދޫ އާޗާ ޕްރިޕެއިޑުން ތިން ގުނަ އިތުރު ޑޭޓާ
ނޮކިއާ އިން ރާއްޖެ، ލަންކާ، މެލޭޝިއާއަށް އާ ވެރިއެެއް
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
ވާވޭގެ 5ޖީ ރުމޭނިއާގައި ގާނޫނީ ގޮތުން މަނާ
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ