26 ޖެނުއަރީ 2020
މެޑްރިޑް (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ 2-0 އިން ބަލިކޮށްފި އެވެ.
މެޑްރިޑް (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ 2-0 އިން ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އަށް ލީގުގެ އެއް ވަނަ ގެއްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއްވަރަށް 43 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލުން އެއް މެޗު މަދުން ކުޅެގެން އެ އަދަދަށް ޕޮއިންޓް ހޯދާފައިވާއިރު، މިރޭ ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ލީގުގެ އެއް ވަނައިގައި ލީޑެއް ނެގޭނެ އެވެ.
ރޭގެ މެޗަކީ 2007 ވަނަ އަހަރަށް ފަހު ވެލެންސިއާ ދަނޑުގައި އެ ޓީމުން ލީގުގައި ބާސެލޯނާ ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ބާސެލޯނާގެ ކޯޗުކަމާ ކީކޭ ސެޓިއެން ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.
މެޗަށް ފަހު ސެޓިއެން ބުނީ ބައެއް ކަންތައްތައް ދިޔައީ އޭނާ ބޭނުންވި ގޮތަށް ނޫން ކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި އޭނާގެ ޓީމުގެ ކުޅުން ދަށް ކަމަށެވެ.
"މި ބަލީގެ ޒިންމާ ނަގާނީ ޓީމެއްގެ ގޮތުގައި. އަހަރެމެންނަށް މި އަށް ވުރެން ރަނގަޅަށް ކުޅެވޭނެ. އަހަރެންގެ ސިސްޓަމަށް ހޭނެން ވަގުތު ބޭނުން،" ކުރިން ރެއާލް ބެޓިސް އަށް ކޯޗުކޮށްދިން ސެޓިއެން ބުންޏެވެ.
ވެލެންސިއާ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ލިބުނު ޕެނަލްޓީ އަކުން މެކްސީ ގޯމޭޒް ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު އަންދްރޭ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. މިއީ ވެލެންސިއާގެ ގާޔާ އަށް ބާސެލޯނާގެ ޖެރާޑް ޕީކޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި ވެލެންސިއާގެ ދެ ލަނޑު ޖެހީ ވެސް ގޯމޭޒް އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ބާސެލޯނާގެ ޖޯޑީ އަލްބާ ކޮނޑުގައި ޖެހިފަ އެވެ.
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް އޭގެން އެއްވެސް ފުރުސަތެއް ގޯލަކަށް ހަދާލެވޭގޮތެއްނުވި އެވެ. ވެލެންސިއާ އިން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މި ގޯލު ވެސް ޖެހީ ކުރިން ސެލްޓަ ވީގޯ އަށް ކުޅުނު ގޯމޭޒް އެވެ.
ރޭ ސެވިއްޔާ ކުޅުނު މެޗުން ގްރަނާޑާ އަތުން 2-0 އިން މޮޅުވެގެން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެެވެ. ސެވިއްޔާ އަށް 21 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
ބޮޑު ރެކޯޑަކާ އެކު ބާސެލޯނާ ލީގު ހޯދުމާ ގާތަށް
މެޗު އެއްވަރުވިއިރު ބާސާގެ ހިތްހަމަނުޖެހުން ރެފްރީ އަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސާ އަށް ބޮޑު މޮޅެއް، އެކަމަކު ކީޕަރަށް ސީރިއަސް ހާނިއްކައެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
ބާސެލޯނާ 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި