Roadha Mihaaru
ބޮޑު ރެކޯޑަކާ އެކު ބާސެލޯނާ ލީގު ހޯދުމާ ގާތަށް

ބޮޑު ރެކޯޑަކާ އެކު ބާސެލޯނާ ލީގު ހޯދުމާ ގާތަށް

15 އެޕްރީލް 2018

ބާސެލޯނާ (އޭޕްރީލް 14) - ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، ލީގުގެ ބޮޑު ރެކޯޑެއް މުގުރާލައި ބާސެލޯނާ ލީގު ޗެމްޕިއަންކަން ހޯދުމާ ހަތް ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (އޭޕްރީލް 14) - ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، ލީގުގެ ބޮޑު ރެކޯޑެއް މުގުރާލައި ބާސެލޯނާ ލީގު ޗެމްޕިއަންކަން ހޯދުމާ ހަތް ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި ބާސެލޯނާ އިން އާ ރެކޯޑެއް ގާއިމްކުރީ ބަލިނުވެ 39 މެޗު ހަމަކޮށްގެންނެވެ. އެ ރެކޯޑް މީގެކުރިން އޮތީ ރެއާލް ސޮސިއެޑާޑް އަތުގަ އެވެ. އެ ޓީމުން ވަނީ 1979/1980 ވަނަ ސީޒަނުގައި ބަލިނުވެ 38 މެޗު ހަމަކޮށްފަ އެވެ.

މިރޭގެ މެޗުގެ ކުރިން މިދިޔަ ބުދަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޯމާ އަތުން ކެޓުމުން ބާސެލޯނާ މި މެޗަށް ނުކުތީ، މޮޅެއް ހޯދުމަށް ފަހު އަލުން ފޯމަކަށް އެޅުމަށެވެ.

ވެލެންސިއާ އަތުން ހޯދި މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 32 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ޗެމްޕިއަންކަން ހޯދުމަށް ބާކީ އޮތް ހަ މެޗުން ބާސެލޯނާ އަށް ބޭނުންވަނީ ހަތް ޕޮއިންޓެވެ.

ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ވެލެންސިއާ ތިން ވަނައިގައި އޮތީ 32 މެޗުން 65 ޕޮއިންޓާ އެކު އެވެ. ލީގުގެ ހަތަރު ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް މާދަމާރޭ ކުޅޭ މެޗުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާ އިން މިރޭގެ މެޗަށް ނުކުތީ ޗެމްޕިއަންސް ލީގުގައި ނުކުޅެވުނު ފިލިއްޕޭ ކުޓީނިއޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ކުޓީނިއޯ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް އެވެ.

މި މެޗުގައި ވެލެންސިއާ އަށް ލަނޑު ޖަހަން އެ ޓީމަށް ކުޅޭ ސްޕެއިނުގެ ފޯވާޑް ރޮޑްރީގޯ އާއި ޕޯޗުގަލްގެ ވިންގް ކޮންކާލްވޯ ގުއޭޑޭސް އަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެހެން ނަމަވެސް އޭގެ އިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ސެމިއުލް އުމްޓީޓީ ބާސެލޯނާ އަށް ލީޑުފުޅާކޮށްދިނުމެވެ. އޭނާ މި ލަނޑު ޖެހީ ކުޓީނިއޯ ނަގައިދިން ކޯނަރަކުން ބޮލުންނެވެ.

ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ އެވެ. މި ޕެނަލްޓީ ގޯލަށް ވަނީ ބާސެލޯނާގެ ޖަރުމަން ކީޕަރު މާކް އަންދްރޭ ސްޓެގެން އަތްދަށުން ގޮހެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ އޭރިއާ ތެރެއިން ވެލެންސިއާގެ ގާޔާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.