21 ޖެނުއަރީ 2020
މިދިޔަ މަހު ރިލީޒްކުރިި، އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ ފިލްމު "ގުޑް ނިއުޒް" އަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.
މިދިޔަ މަހު ރިލީޒްކުރިި، އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ ފިލްމު "ގުޑް ނިއުޒް" އަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ގެނެސްދިން އެ ފިލްމު އިންޑިއާގެ ބޮކްސް އޮފީހުން 200 ކްރޯޑް ހަމަކުރީ ރިލީޒްކުރިތާ 24 ދުވަހުގެ ތެރޭގަ އެވެ. އެގޮތުން އާދީއްތަ ދުވަހާ ހަމައަށް އިންޑިއާ އިން 201.14 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
މިދިޔަ މަހުގެ 27 ގައި ރިލީޒްކުރި ފިލްމު އެންމެ ތިން ދުވަހުގެ ތެރޭގައި 50 ކްރޯޑް (7 މިލިއަން ޑޮލަރު) ހޯދުމަށް ފަހު، 100 ކްރޯޑް ކުލަބުން ޖާގަ ހޯދީ ހަ ދުވަހުގެ ތެރޭގަ އެވެ.
#GoodNewwz scores double century... Flies past ₹ 200 cr mark... Has had a glorious run in #Delhi, #NCR, #Punjab, #Mumbai... Crosses *lifetime biz* of #MissionMangal... [Week 4] Fri 75 lakhs, Sat 1.40 cr, Sun 1.89 cr. Total: ₹ 201.14 cr. #India biz.
— taran adarsh (@taran_adarsh) January 20, 2020
"ގުޑް ނިއުޒް" އަށް އިންޑިއާ އާއި އެ ގައުމުގެ ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ ވަނީ އާދީއްތަ ދުވަހާ ހަމައަށް 310.91 ކްރޯޑް ރުޕީސް (44 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
މި ފިލްމު ހަދަން ކަރަންގެ ފިލްމު ކުންފުނި ދަރުމާ އިން ހަރަދުކުރި ވަރެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
"ގުޑް ނިއުޒް" ގެ ކާސްޓުންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.
މި ފިލްމުގައި ކިޔައިދެނީ ކައިވެނިކޮށްގެން އުޅޭތާ އަހަރުތަކެއްވީ ދެފިރިއަކަށް ދަރިއަކު ނުލިިބިގެން އައިވީއެފް ހަދައިގެން ކުއްޖަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދެމަފިރިންގެ ދަރިފަނި އެހެން ދެމަފިރިއެއްގެ ދަރިފަންޏާ އޮޅުންބޮޅުންވުމުން ހިނގާ ހާދިސާތަކެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ގުޑް ނިއުޒް" ދެއްކުން ހުއްޓުވައި ދޭން އެދި ކޯޓަށް
"ގުުޑް ނިއުސް" އިން އުފާވެރި ޚަބަރުތަކެއް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭގެ "ސޫރިޔާވަންޝީ" އެޅުވުން ކެންސަލްކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް