19 ޖެނުއަރީ 2020
ހޮސްޕިޓަލިޓީގެ ދާއިރާ އިން ދަރިވަރުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހޮސްޕިޓަލިޓީގެ ދާއިރާ އިން ދަރިވަރުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން ހިންގާ ޕްރޮގްރާމް މި އަހަރު ވެސް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، "ޑިސްކަވާ ހޮސްޕިޓާލިޓީ" އެއްބަސްވުމުގައި ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ރައީސް އިޔާޒް ވަހީދެވެ. ވިލާ ކޮލެޖުން ސޮއިކުރެއްވީ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.
މިއީ ޔުނިވާސަލް ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން، މީގެ ތިން އަހަރު ކުރިން 2017 ގައި އެތަނުން ފެށި ޕްރޮގްރާމެކެވެ. އެ އަހަރު 15 ދަރިވަރަކު ކޯސް ފުރިހަމަ ކުރި އެވެ. އަދި 2018 ގައި 22 ދަރިވަރަކު، މިދިޔަ އަހަރު 28 ދަރިވަރަކު ކޯސް ފުރިހަމަ ކުރި ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ. މި އަހަރުގެ ކޯހަށް ނަގަން ނިންމާފައި ވަނީ 40 ދަރިވަރެކެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ކޯހަށް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ 22 އެވެ.
އަސާސީ ތައުލީމް ފުރިހަމަ ކޮށްފައިވާ އުމުރުން 16 އަހަރުން މަތީގެ ދަރިވަރުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ. ކޯހުގައި ބައިވެރިވުމުގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ވިލާ ކޮލެޖުގެ އޮފީހަށް ނުވަތަ ޔުނިވާސަލް ފައުންޑޭޝަންގެ އޮފީހަށް ހުށަހެޅޭނެ އެވެ. އަދި އޮންލައިންކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން ބޭނުން ދަރިވަރުންނަށް ތައްޔާރު ކޮށްފައިވާ ހަތަރު މަހުގެ މި ކޯހުގައި މައިިގަނޑު ގޮތެއްގައި ތަމްރީން ކުރާނީ ފްރަންޓް އޮފީހާއި ހައުސް ކީޕިން އަދި ފުޑް އެންޑް ބެވްރަޖެސް ސާވިސަސް އިން އެވެ.
މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ކުރާނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. އަދި ކޯހުގެ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 3،000 ރ. ގެ އެލަވަންސެއް އެ ފައުންޑޭޝަނުން ދޭނެ އެވެ.
ވިލާ ކޮލެޖުން ބުނިގޮތުގައި، ކޯހަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. އޭގެ ހެއްކަކީ ކޯސް ނިންމާ ދަރިވަރުންގެ ތެރެއިން 80 ޕަސެންޓް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުން ކަމަށް އެ ކޮލެޖުން ބުންޏެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީގެ 5 ވަނަ ބެޗަށް ސެޓްފިކެޓް ދީފި
ޓުއަރިޒަމް ދާއިރާ އަށް 50 މީހުން ތަމްރީން ކުރަނީ
ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނުން ސޮއިކޮށްފި
ވަރަށް އުފާވެއްޖެ، މިއީ ފެށުމެއް: އެމްޔޫ މަނިކު
ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލަޝިޕް ހިންގަން ވިލާއަށް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
ވިލާ ކޮލެޖުގެ ކޮންފަރެންސަށް 53 ކަރުދާހެއް
ޑިސްކަވާ ހޮސްޕިޓަލިޓީގެ ދަރިވަރުންނަށް ސެޓުފިކެޓު ދީފި
"ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ބެޗު 4 ތައާރަފުކޮށްފި
ޓޫރިޒަމް ދާއިރާއަށް މީހުން ނެރެން ވިލާ ކޮލެޖާއި އަތަމާ