16 ޖެނުއަރީ 2020
"އެވެންޖާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ދެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ދެބޭން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ލީޑް ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެން ސޮއިކޮށްފި އެވެ.
"އެވެންޖާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ދެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ދެބޭން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ލީޑް ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެން ސޮއިކޮށްފި އެވެ.
އިންޑިއާ އަށް އުފަން ކުރީގެ ރީތީ ރާނީ އާއި ސިލްސިލާ "ގޭމް އޮފް ތުރޯންސް" އާއި "ސިންޑްރެއްލާ" ފަދަ ފިލްމުތައް ކުޅުނު ރިޗަޑް، އެންތަނީ އާއީ ޖޯ ރުޒޯގެ ސީރީޒަށް ސޮއިކުރިކަން އިއުލާންކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. މީތި ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން ވެސް ރުޒޯ ދެބޭންގެ އުފެއްދުމެއް ޕްރިޔަންކާ އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ.
ޕްރިޔަންކާ އާއި ރިޗަޑް ސޮއިކުރި ޖާސޫސީ އެކްޝަން-ތުރިލާގެ ނަމަކީ "ސިޓަޑެލް" އެވެ. ނަމަވެސް މީގެ ޕްލޮޓާ ބެހޭ ތަފުސީލެއް ހިއްސާއެއްނުކުރެ އެވެ. ޕްރިޔަންކާ ވަނީ ރިޗަޑާ އެކު މަސައްކަތްކުރަން ލިބުމުން އެ އުފާ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.
Cannot wait to work with the talented @_richardmadden and incredible @Russo_Brothers on CITADEL... A multi-layered global franchise with interconnected local language productions from India, Italy and Mexico. It will truly be global content. More soon. @AmazonStudios @AGBOfilms pic.twitter.com/o4ADVX1QTw
— PRIYANKA (@priyankachopra) January 14, 2020
"ސިޓަޑެލް" ގެ ސްކްރީންޕްލޭ ލިޔެ، މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވަނީ ޖޯޝް އެޕަލްބޯމް އާއި އެންޑްރީ ނެމެކާއި ޖެފް ޕިންކްނާގެ އިތުރުން ސްކޮޓް ރޮޒެންބާގެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ސިޓަޑެލް" އަކީ އިނގިރޭސި ބަހުގެ އިތުރުން ތަފާތު އެހެން ބަހުރުވަތަކުން ވެސް ހަދަން ނިންމާފައިވާ އެއްޗެކެވެ. އެގޮތުން އިތުރު ވާޝަންތަކެއް މެކްސިކޯ، އިންޑިއާ އަދި އިޓަލީ އަށް ހާއްސަކޮށްގެން ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އަށް ހޮލީވުޑަށް ނުކުތް ޕްރިޔަންކާގެ އެންމެ ފަހުން ކުޅުނު ހޮލީވުޑް ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ. "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" ވެސް ކުޅުނު ބަތަލާގެ ކުރިއަށް ހުރި ހޮލީވުޑް ޕްރޮޖެކްޓަތަކުގެ ތެރޭގައި ޑައިރެކްޓަރު ރޮބަޓް ރޮޑްރިގޭޒްގެ "ވީ ކޭން ބީ ހީރޯޒް" ގެ އިތުރުން ބަތަލާ މިންޑީ ކޭލީއާ ގުޅިގެން ޕްރޮޑިއުސްކޮށް/ކުޅޭ އަދި ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ.
މީގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކީ ޕްރިޔަންކާ، 37، އަންނަނީ ނެޓްފްލިކްސް އިން ހަދާ "ދަ ވައިޓް ޓައިގާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެމެޒޯންގެ ސީރީޒަކަށް އޭނާ ސޮއިކުރި އިރު، ކައިވެނީގެ ކަންތައްތަކަށް ހާއްސަކޮށްގެން "ސަންގީތު ޕްރޮޖެކްޓް" ގެ ނަމުގައި އުފެއްދުމެއް ގެނެސްދޭން ހުނަރުވެރި ބަތަލާ އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ޕްރޮޑިއުސަރުންނަކީ ޕްރިޔަންކާ އާއި ފިރިމީހާ ނިކް ޖޯނަސް އެވެ.
"ސިޓަޑެލް" ގެ ތައްޔާރީތައްވަމުންދާ އިރު، ރިޗަޑަކީ އަންނަ މަހު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަށް ވާދަކުރާ "1917" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ. އެ ފިލްމަކީ މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑް ވެސް ކާމިޔާބުކުރި ފިލްމެވެ. ރިޗަޑް، 33، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މާވެލް އާއި ޑިޒްނީގެ "ދި އިޓާނަލްސް" ފާހަގަކޮށްލެވެ އެވެ.
ޕްރިޔަންކާގެ ދެވަނަ ސީރީޒް "ސިޓަޑެލް" ފެބްރުއަރީ މަހު
އެމެޒޯންގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަނަށް ވަރުން؟
ޕްރިޔަންކާ އާއި އެމެޒޯން އަގު ބޮޑު އެއްބަސްވުމަކަށް
"ލޯޑް އޮފް ރިންގްސް" ވަރުގަދަކޮށްލާ ސީރީޒަށް ތައްޔާރު
"ސިޓަޑެލް" ގެ އިންޑިއާގައި ވަރުންއާ އެކު ސަމަންތާ
އެމެޒޯންގެ "ސިންޑްރެެއްލާ" އަންނަ މަހު 3 ގައި
ލޯޑް އޮފް ދަ ރިންގްސް ސީރީޒް ނިއުޒިލެންޑުން ޔޫކޭއަށް
"ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒަށް ތާރީހެއް
އެމެޒޯންއިން އެމްޖީއެމް ގަތީ 8.45 ބިލިއަން ޑޮލަރަށް
އެމެޒޯން އަށް އެމްޖީއެމް 9 ބިލިއަނަށް ވިއްކާލަނީ