ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީންނަށް އިންޒާރުދިން ދެ ޓޫރިސްޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
12 ޖެނުއަރީ 2020
ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީންނަށް އިންޒާރުދިން ދެ ޓޫރިސްޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ސްވިޒަލެންޑާއި ސެނެގޯލްގެ ފިރިހެން ދެ ޓޫރިސްޓުން އެގޮތަށް އިންޒާރު ދިން އިރު ތިބީ މަސްތުވެގެން ކަމަށެވެ. އެކަމަކު އެ މީހުން ފުރަން ގޮސް ތިބީ އިންޓަނޭޝަނަލް ޓާމިނަލްގައި ކަމެއް ނުވަތަ ޑޮމިސްޓިކް ޓާމިނަލްގައި ކަމެއް، ފުލުހުން ނުބުނެ އެވެ. އެހެންކަމުން އެ މީހުން އަދިވެސް ތިބީ ރާއްޖޭގައި ކަމެއް ނުވަތަ ޗުއްޓީ ނިންމާފައި ފުރައިގެން ދިޔައީ ކަމެއް ނޭނގެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުނުކުރާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހެނދުނު އަށެއް ޖަހާކަންހާއިރު އެއާޕޯޓަށް ދިޔަ އެ ދެ ޓޫރިސްޓުންގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނީ އެ ޗެކްކުރަން ސެކިއުރިޓީން އުޅުމުން ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް، ފުލުހުން ބުންޏެވެ.
އެއާޕޯޓްތަކުގައި ސެކިއުރިޓީ ޗެކްކުރާ އިރު ބޮން ފަދަ އެއްޗެއް އޮތް ކަމަށް މަޖަލަކަށް ބުނުމަކީ ވެސް، މުޅި އެއާާޕޯޓް އެލާޓަށް އަންނަ ކަމެކެވެ. ދެ ޓޫރިސްޓުންގެ އިންޒާރާ އެކު ވީއައިއޭ ވެސް އެލާޓަށް އައި ކަމަށް، ބައެއް މީހުން ބުނެ އެވެ.
އެކަމަކު ފުލުހުންނާއި އެމްއޭސީއެލުން އެގޮތަށް ބުނެފައެއް ނުވެ އެވެ.
ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
"ހިންދޫ ޓެރަރިސްޓް" ރާއްޖޭން ޑީޕޯޓް ކޮށްލައިފި
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި
ވަގަށް ނެރެން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފި
އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވާންޖެހޭ ކަމެއް ނެތް
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ
އެކްސިޑެންޓުވީ ޑްރައިވަރަށް ދިމާވި ސިއްހީ ކަމަކާ ހެދި
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު