11 ޖެނުއަރީ 2020
ރާއްޖޭން ނައްތާލައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ހިމަބިހި ރާއްޖޭން އަނެއްކާވެސް ފެނުމާ އެކު އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރާއްޖޭން ނައްތާލައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ހިމަބިހި ރާއްޖޭން އަނެއްކާވެސް ފެނުމާ އެކު އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރާއްޖޭގައި ހިންގާ ގައުމީ ވެކްސިން ޕްރޮގްރާމްގެ ސަބަބުން ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ޖޫން 2017 ގަ އެވެ.
ނަމަވެސް ހިމަބިހި ޖެހިފައިވާ "މީހަކު" ރާއްޖެއިން ފެނިއްޖެ ކަމަށް، މިދިއަ ހަފުތާގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރި އެވެ. އިތުރު އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ. އެކަމަކު ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި އެއީ "މާލެ ސަރަހައްދު" ކަމަށް ވިދާޅުވި އެވެ.
އާންމު ސިއްހަތާއި ކުޑަކުދިންނާ ބެހޭ ކަންކަމުގައި ޓްވިޓަ މެދުވެރިކުރައްވައި، ވަރަށް ގިނަ މެސެޖްތައް ފޮނުއްވާ ފައިސަލް ވިދާޅުވީ އެބަލި ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވޭނީ "މީސްލްސް، މަމްޕްސް، ރުބެލާ" ނުވަތަ އެމްއެމްއާރު ވެކްސިން ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރައްވާ. ހަނދާންނެތިގެން ވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރައްވާ. ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެ ނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައި ވެސް މަދުވާނެ،" އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވި އެވެ.
ދޮޅު އަހަރަށްފަހު ރާއްޖޭންވެސް ހިމަބިހި ފެނިއްޖެ
— Ahmed Faisal (@Faisalnaifaru) January 9, 2020
ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރަށްވާ
ހަނދާންނެތިގެންވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރައްވާ!
ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލްކުރެވޭނޭގޮތްތައް ރާއްޖޭގައިވެސް މަދުވާނެ#measles https://t.co/ZOIQfovBKl
ފައިސަލް ކުރެއްވި ޓްވީޓް---
ހިމަބިއްސަކީ ވަރަށް ބާރަށް ފެތުރޭ ބައްޔެކެވެ. ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. ރާއްޖޭގައި ސަރުކާރުން އަންނަނީ ހިލޭ އެ ވެކްސިން ފޯރުކޮށްދެމުންނެވެ.
ހިމަބިހި ނައްތާލަން 2017 ގައި ހިންގި ގައުމީ ކެމްޕެއިންގައި އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށް ވެކްސިން ދޭން ހަމަޖެއްސި އެވެ. އަދި ގިނަ ބަޔަކު ވަނީ އެ ވެކްސިން އޭރު ޖަހާފަ އެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގައިން ކުދިކުދި ބިހި ނަގާފައި ހުން އައުން ހިމެނެ އެވެ. މިއީ ޑެންގީ އާއި ބައެއް އެހެން ބަލިތަކުން ވެސް ފެންނަ އަލާމާތްތަކެވެ. އެހެންވެ އެފަދަ އަލާމާތްތައް ފެންނަ ހުރިހާ އެންމެން ވެސް ހިމަބިއްސަށް ޓެސްޓް ކުރަން ޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
"ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް ގަޑިއިރެއް ވަންދެން އެ ވައިރަސް އެތަނުގައި ހުރޭ. އަދި އެތަނަށް އަންނަ އެހެން މީހުންނަށް ޖެހޭނެ،" އޭގެ ނުރައްކާ ކިޔައިދެއްވަމުން ޑރ. ފައިސަލް ވިދާޅުވި އެވެ.
ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް،MR ، MMR މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައިހުރުން
— Ahmed Faisal (@Faisalnaifaru) January 9, 2020
ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް 1 ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައިހުރޭ. އަދި އެތަނަށްއަންނަ އެހެންމީހުންނަށް ޖެހޭނެ
ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތް ފައިސަލް ވިދާޅުވެ ދެއްވާފައި--
އޭނާ ވިދާޅުވީ ރާއްޖެއާ ކައިރި ހުރިހާ ގައުމެއްގައި ވެސް ހިމަބިހި ފެތުރޭ ކަމަށެވެ. އެހެންކަމުން ރާއްޖެއިން އެ ބަލި ނައްތާލެވޭނީ ރާއްޖެ އަންނަ ބިދޭސީން ވެސް އެ ވެކްސިން ޖަހަން އަންގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
- ވެކްސިން ޕުރޮގްރާމް ހިންގަން އެކަށޭނަ މީހުން ހޯދުން
- ބަލި ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ ނަމަ އެހެން މީހުންނާ ވަކިން ބޭއްވޭނެ ގޮތް ހެދުން
- ހުމާއި ބިހިނަގާ އެންމެން ހިމަބިއްސަށް ޓެސްޓު ކުރުން
- އެންމެން ވެކްސިން ހަމަކުރުން
- ބަލިމީހާއާ ކައިރީގައި އުޅުނު އެންމެންގެ ކިބައިން އަލާމާތްތައް ފެނޭތޯ ބެލުން
މިދިއަ އަހަރު އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ހިމަބިހި ފެތުރި، ސިއްހީ އެމަޖެންސީ އިއުލާންކުރާ ހިސާބަށް ދިޔަ އެވެ.
މި ފަހުން ކޮންގޯގައި ހިމަ ބިހި ފެތުރި ގާތްގަނޑަކަށް 6،000 މީހުން ވަނީ މަރުވެފަ އެވެ. އާބާދީގައި 200،000 މީހުން ހަމަނުވާ ސަމާއޯގައި ހިމަބިހި ޖެހިގެން 83 ކުދިން މަރުވި އެވެ.
ޑަބްލިޔުއެޗުއޯ އިން ބުނާ ގޮތުގައި ހިމަބިހިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅެން އޮތަސް އެއީ މިހާރު ވެސް ދުނިޔޭގައި އެންމެ ގިނަ ކުޑަކުދިން މަރުވާ ބައްޔެވެ. މި ބަލި ނުރައްކާތެރީ ފެތުރޭލެއް އަވަސްކަމާއި ފެތުރުމުގެ ފުރުސަތު ވެސް ބޮޑުކަމުންނެވެ. ވައިރަސް ހުރި މީހަކު ކެއްސައިގެން ނުވަތަ ކިނބިއްސެއް އަޅައިގެން ވައިރަސް ބޭރުވެއްޖެ ނަމަ، ވައިގެ ތެރޭގައި އެ ހަލާކުނުވެ، ދެ ގަޑިއިރަށް ދެމިގެންދެ އެވެ.
ހިމަބިހި ޖެހިފައިވާ މީހަކާ ކައިރީގައި އުޅޭ ބައެއްގެ ގަޔަށް ބަލިއެރުމުގެ ފުރުސަތު 90 ޕަސެންޓަށް އޮވެ އެވެ. އެހެންކަމުން މިއީ އެންމެ އަވަހަށް ފެތުރޭ އެއް ބަލި ކަމަށް، ރެކޯޑްކުރެވެ އެވެ.
ދެ ދުވަހުގެ ޓެސްޓުތަކުގައި ހިމަބިހި ޖެހުނު މީހަކު ނެތް
18 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާ ބެހޭ ދަފްތަރެއް
ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި
ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކު ފެނިއްޖެ
ހިމަބިހި ޖެހުނީ ވެކްސިންނުދީ ހުރި 3އަހަރުގެ ކުއްޖަކަށް
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި
ހިމަބިހި ވެކްސިން ޖެހުމުގެ ކެމްޕެއިން އަނެއްކާ ފަށައިފި