11 ޖެނުއަރީ 2020
ވޮޝިންޓަން (ޖެނުއަރީ 11) - އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި އިރު އީރާނުން އުޅުނީ އެމެރިކާގެ ހަތަރު އެމްބަސީއަކަށް ހަމަލާދޭން ކަމަށް ރައީސް ޑޮނަލްޑް ޓްރްމަޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ޖެނުއަރީ 11) - އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި އިރު އީރާނުން އުޅުނީ އެމެރިކާގެ ހަތަރު އެމްބަސީއަކަށް ހަމަލާދޭން ކަމަށް ރައީސް ޑޮނަލްޑް ޓްރްމަޕް ވިދާޅުވެއްޖެ އެވެ.
ސުލައިމާނީ އަށް އަމާޒުކޮށް ޑްރޯން ހަމަލާ ދޭން ޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން "ފޮކްސް ނިއުސް" އަށް ޓްރަމްޕް ވިދާޅުވީ ހަތަރު އެމްބަސީ އަކަށް ހަމަލާދޭން ރާވަމުން ދިއުން ކަމަށެވެ. އެމްބަސީތަކަށް ހަމަލާދޭން އުޅުނު ވާހަކަ ޓްރަމްޕް ފުރަތަމަ ދެއްކެވީ ވައިޓް ހައުސްގައި ބުރާސްފަތި ދުވަހު ބޭއްވި ތިމާވެށީގެ އިވެންޓެއްގަ އެވެ. އޭގެ ފަހުން އެ ވާހަކަ ވަނީ އޮހާޔޯގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ދައްކަވައިފަ އެވެ.
އީރާނުގައި ބަތަލެއްގެ ދަރަޖަ ދީފައިވާ ސުލައިމާނީ އަވަހާރަކޮށްލީ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީގެ ބޭރުގައި ހަމަނުޖެހުންތަކެއް ހިންގި ދުވަސްވަރެއްގަ އެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ އެމްބަސީގައި ހަމަނުޖެހުން ހިންގީ އީރާނުން ރާވައިގެން ކަމަށެވެ.
ހައުސްގެ އާމްޑް ސާވިސަސް ކޮމިޓީގެ ޗެއާމަން އެޑަމް ސްމިތު ވިދާޅުވީ ގަނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވައިޓް ހައުސް އިން ބުދަ ދުވަހު ދިން މައުލޫމާތުން އެނގޭ ގޮތުގައި އެމެރިކާގެ އެއްވެސް އެމްބަސީއަކަށް ހަމަލާ ދިނުމަށް ރާވައިފައެއް ނެތެވެ. އެޑަމް ސްމިތަށް ރައްދު ދެއްވުމުގެ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޑިމޮކްރެޓިކުންނަކީ އެމެރިކާގެ އަސްކަރީ ރޭވުންތައް މީޑިއާ އަށް ލީކުކުރާ ބައެއް ކަމަށެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ޓްރަމްޕް ހައްޔަރު ކުރަން އީރާނުން ރެޑް ނޯޓިސް ނެރެފި
ޓްރަމްޕުގެ ވެރިކަންނިމެނީ، އީރާނުގެ އިންޒާރު އިޒްރޭލަށް
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފި
ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ
މަޖަލަކަށް ކުރި ޕޯސްޓަކުން ގެއްލުނީ ވަޒީފާ