11 ޖެނުއަރީ 2020
މީގެ ހަ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައިގައި ޖޯން އަބްރަހަމާ އެކު ފެންނާނީ ސިދާތު މަލްއުތުރާ ނޫން ކަމަށާއި ފިލްމަށް މިހާރު އަދިތިޔާ ރޯއި ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ވެސް ޑައިރެކްޓަރު މޯހިތު ސޫރީ ކަށަވަރުކޮށް ދީފި އެވެ.
މީގެ ހަ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައިގައި ޖޯން އަބްރަހަމާ އެކު ފެންނާނީ ސިދާތު މަލްއުތުރާ ނޫން ކަމަށާއި ފިލްމަށް މިހާރު އަދިތިޔާ ރޯއި ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ވެސް ޑައިރެކްޓަރު މޯހިތު ސޫރީ ކަށަވަރުކޮށް ދީފި އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "އޭކް ވިލަން 2" ޖޯން އާއި އަދިތިޔާ ނެރޭޓްކޮށްދިނުމާ އެކު ދެ ތަރިން ފިލްމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެ އެކްޓަރުން ވެސް ފިލްމުގައި ކުޅޭނީ ވަރަށް ވަރުގަދަ ވިލަންތަކެއްގެ ރޯލް ކަމަށް ބުންޏެވެ.
"ވަރަށް އަވަހަށް ފިލްމުގެ ބަތަލާއިންނަކީ ކޮބައިކަން ވެސް އިއުލާންކުރާނަން. މި ފަހަރު ފިލްމުގައި ހިމެނޭނެ ދެ ބަތަލާ އިން. އަދި އެ މީހުންގެ ކެރެކްޓާތައް ވެސް ވަރަށް ވަރުގަދަވާނެ،" މޯހިތު ބުންޏެވެ.
އޭނާ ބުނިގޮތުގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރާ "އޭކް ވިލަން 2" ގެ ސްކްރިޕްޓް ހިއްސާކުރުމުން އޭނާ އެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ފިލްމަށް ވުރެ ދެވަނަ ބައި ހުރިހާ ގޮތަކުން ވެސް ފުރިހަމަވާނެ ކަމަށް ބުންޏެވެ. މޯހިތު ބުނިގޮތުގައި ދެވަނަ ބައިގެ ވާހަކައާ ކުރީ ބަޔާ މާ ބޮޑު ގުޅުމެއް ނުހުންނާނެ އެވެ.
"އޭކް ވިލަން 2" ވެގެން ދާނީ މޯހިތާ އެކު، އަދިތިޔާ މަސައްކަތްކުރާ ތިން ވަނަ ފިލްމަށެވެ. ދެހާސް ތޭރައިގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "އާޝިގީ 2" އަށް ފަހު އެ ދެ މީހުން އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމަކީ އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ރޮމޭންޓިކް ތުރިލާ "މަލަންގް" އެވެ.
"އޭކް ވިލަން" ގެ މުހިއްމު ރޯލްތައް ކުޅުނީ ސިތާދާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ. އެންމެ 39 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕިސް (24 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.
މީގެ ދެވަނަ ބަޔަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ފިލްމު ބެލުންތެރިންނާ ހަމައަށް ގެންނާނެ އިރެއް މޯހިތު ހިއްސައެއްނުކުރެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަދިތިޔާ "ދޯ ވިލަން" ދޫކޮށްލައިފި؟
"އޭކް ވިލަން 2" ޖޯން އާއި ސިދާތުގެ ކުރިމަތިލުމަކަށް
"އޭކް ވިލަން 2" ޖޯން އަށް ހުށަހަޅައިފި
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އާޝިގީ 3" ގެ ބަތަލުގެ ރޯލު ސުނިލްގެ ދަރިފުޅަށް؟