Roadha Mihaaru
"އޭކް ވިލަން 2" ޖޯން އަށް ހުށަހަޅައިފި

މޯހިތު ސޫރީގެ "އޭކް ވިލަން 2" ޖޯން އަށް ހުށަހަޅައިފި

16 ސެޕްޓެމްބަރ 2019

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓްކޮށް 201 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި ޖޯން އަބްރަހަމް އަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓްކޮށް 201 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި ޖޯން އަބްރަހަމް އަށް ހުށަހަޅައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޖޯން ފިލްމަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ދީފައިވާތީ ވަރަށް އަވަހަށް "އޭކް ވިލަން 2" ރަސްމީކޮށް އިއުލާންކުރާނެ އެވެ. އަދި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބުންޏެވެ.

"އޭކް ވިލަން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ. މި އެކްޝަން ތުރިލާގައި ސިދާތު ކުޅެފައި ވަނީ ގޭންގްސްޓާރެއްގެ ރޯލެވެ. އަދި ރިތޭޝް ފެނިފައި ވަނީ ސީރިއަލް ކިލާއެއްގެ ރޯލުންނެވެ.

ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 169.62 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ހަދާފައި ވަނީ 39 (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"އޭކް ވިލަން 2" އަށް ޖޯން އަށް ހުށަހެޅި އިރު އޭނާ މިހާރު އަންނަނީ ސަންޖޭ ގުޕްތާގެ "މުމްބާއީ ސާގާ" ގެ މަސައްކަތްކުރަމުންނެވެ. މިދިޔަ މަހު ރިލީޒްކުރި "ބަތުލާ ހައުސް" އަށް ފަހު، ޖޯން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ނޮވެމްބަރު 22 ގައި ގެނެސްދޭ ކޮމެޑީ ފިލްމު "'ޕާގަލްޕަންތީ" އިންނެވެ.

"އާޝިގީ 2" އާއި "ހާފް ގާލްފްރެންޑް" ފަދަ ފިލްމުތައް ގެނެސްދިން މޯހިތު މިހާރު އަންނަނީ "މަލަންގް" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރާ އެ ފިލްމުގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރް، ޑިޝާ ޕަޓްނީ، އަނިލް ކަޕޫރް އަދި ކުނާލް ކޭމޫ އެވެ.