Roadha Mihaaru
ޖަޕާނުން، ގުރައިދޫ މަރުކަޒަށް 1.3 މިލިއަން ދީފި

ޖަޕާނުން، ގުރައިދޫ މަރުކަޒަށް 1.3 މިލިއަން ރުފިޔާ ދީފި

09 ޖެނުއަރީ 2020

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން 86،961 ޑޮލަރު (1.3 މިލިއަން ރުފިޔާ) މިއަދު ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން 86،961 ޑޮލަރު (1.3 މިލިއަން ރުފިޔާ) މިއަދު ހަދިޔާކޮށްފި އެވެ.

އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާނުގެ ފަރާތުން އެ އެހީ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ސީއީއޯ އިމްރާން އިބްރާހިމެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޖަޕާނުން ދިން އެހީ ބޭނުންކުރާނީ އެ މަރުކަޒުގައި ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް، ޖާގައިގެ ތަނަވަސްކަން އިތުރު ކުރުމަށާއި މަރުކަޒުގައި އުޅޭ މީހުންނަށް، އިމަޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމް ކުރުމަށް ކަމަށެވެ.

ގުރައިދޫ މަރުކަޒަށް އެހީ ދޭން ބޭއްވި ރަސްމިއްޔާތުގައި، އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި (ވ-7) އާއި އެ މަރުކަޒުގެ ސީއީއޯ އިމްރާން (މ) އަދި ޖެންޑާ މިނިސްޓްރީ އާއި ޖަޕާން އެމްބަސީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެ އެހީގެ ސަބަބުން ގުރައިދޫ މަރުކަޒުގައި އުޅޭ މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

މީގެ 32 އަހަރު ކުރިން ގާއިމްކުރި މަރުކަޒުގައި މިވަގުތު ވެސް 200 މީހުން އެބަތިއްބެވެ.

ޖަޕާނުން މިފަހުން ވެސް ވަނީ ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރުގެ ސާމާނު ހަދިޔާކޮށްފަ އެވެ. އެ އެހީތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޓެރަރިޒަމް ހުއްޓުވުމަށާއި ރާއްޖޭގެ އިޖުތިމާއީ އިގުތިސޯދީ ތަރައްގީއާ ގުޅޭ ކަންކަމަށެވެ.