07 ޖެނުއަރީ 2020
ދަތް އުނގުޅާ ބުރުސް ކިހާ ދުވަހަކަށް ބޭނުންކުރެވޭ ހެއްޔެވެ؟ ހަރަދު ކުޑަކުރުމުގެ ގޮތުން އަހަރަކު ދެ ފަހަރު ބަދަލުކުރެވޭނެ ނަމަ އެއީ މައްސަލަ އަކަށް ވެދާނެ އެވެ. އޭރުން އޮންނާނީ އަނގައިގެ ރައްކާތެރި ކަމަށް ޑެންޓިސްޓެއްގެ އެހީ ވެސް ހޯދަން ޖެހޭ ހާލަތެއްގައި ކަމަށް ވެދާނެ އެވެ.
ދަތް އުނގުޅާ ބުރުސް ކިހާ ދުވަހަކަށް ބޭނުންކުރެވޭ ހެއްޔެވެ؟ ހަރަދު ކުޑަކުރުމުގެ ގޮތުން އަހަރަކު ދެ ފަހަރު ބަދަލުކުރެވޭނެ ނަމަ އެއީ މައްސަލަ އަކަށް ވެދާނެ އެވެ. އޭރުން އޮންނާނީ އަނގައިގެ ރައްކާތެރި ކަމަށް ޑެންޓިސްޓެއްގެ އެހީ ވެސް ހޯދަން ޖެހޭ ހާލަތެއްގައި ކަމަށް ވެދާނެ އެވެ.
އެހެންވެ ކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި އެއް ބުރުހެއް މާ ގިނަ ދުވަހު ބޭނުން ކުރާކަށް ނުވާނެ އެވެ. ހާއްސަކޮށް، ބުރުގެ ދަތް އުނގުޅާ ބައި ހަލާކުވެ ދެ ފަރާތަށް ފޭވެ، ގޮތްގޮތް ވެފައިވާ ނަމަ އެފަދަ ބުރުހެއް ބޭނުންކުރުން ރައްކާތެރިއެއް ނުވާނެ އެވެ.
ބުރުސް ހަލާކުވާ ފަހުން ވެސް އެ ބޭނުންކުރާ ނަމަ ދަތާއި ހިރުގަނޑަށް އެކި ކަހަލަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަކީ ބުރުސް ހަލާކުވެފައިވާ ނަމަ އަނގަ ރަނގަޅަށް ސާފު ވެސް ނުކުރެވޭނެ ކަމެވެ.
އެހެންވެ ސުވާލަކީ ބުރުސް އާ ކުރަންވީ ކިހާ އަވަހަކަށްތޯ އެވެ؟ އެ ސުވާލަށް އެމެރިކަން އެކެޑެމީ އޮފް ޕީރިއޮޑޮންޓޮލޮޖީގެ ރައީސް އަދި ޑީއެމްޑީ ބްރަޔަން ޖޭ ފްރޭންޒް ދެއްވާ ޖަވާބަކީ މިއެވެ؛ ދޭތެރެ އެންމެ ލަސްކޮށް ނަމަވެސް ކޮންމެ ދެ މަހަކުން ނުވަތަ ތިން މަހަކުން އެއް ފަހަރު ދަތް އުނގުޅާ ބުރުސް ބަދަލުކުރާށެވެ. އޭގެ މާނަ އަކީ ކޮންމެ 60 ދުވަހާއި 90 ދުވަހަކާ ދޭތެރޭގައި ބުރުސް އާކުރަން ޖެހޭ ވާހަކަ އެވެ.
ބްރަޔަން ވިދާޅުވި ގޮތުގައި ހަލާކުވެފައި ބުރުސް ބޭނުންކުރާ ނަމަ ހިރުގަނޑުގެ ޓިޝޫތައް ހަލާކުވެ، ދަތްތައް ބަލިކަށިވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންވެ، އޭނަގެ އިރުޝާދަކީ ރަނގަޅަށް، ފަސޭހަކޮށް ދަތްތައް އުނގުޅައިލެވޭ އަދި އަނގައިގެ ހުރިހާ ހިސާބެއްގައި ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭ ބުރުހަކަށް އިސްކަން ދިނުމެވެ.
"އެންމެ މުހިއްމު ކަމަކަށްވާނެ އެ ބުރުހަކީ ދަތްތަކުގެ ދޭތެރެ ރަނގަޅަށް ސާފުކުރެވޭ ބުރުހަކަށްވުން. ބުރުސް ހަލާކުވެފައިވާ ނަމަ އެ ފުރުސަތު ކުޑަވާނެ،" ބްރަޔަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބުރުހުގެ ސާފުތާހިރުމަކީ ވެސް ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭނެ ކަމަކެވެ. މިސާލަކަށް ބުރުސް ބަހައްޓާފައި އިންނަ ތަނަކީ ފާހާނާ ފްލަޝްކުރުމާއި ފެންވަރާ އިރު ފެންތައް ބުރުގައިގެންދާ ހިސާބެއް ނަމަ އެއީ ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. އެހެންވެ އަބަދު ވެސް ބުރުހުގެ ކޮޅުގައި ކެޕެއް އަޅުވާފައި ބެހެއްޓިދާނެ އެވެ. ބައެއް ބްރޭންޑްތަކުގެ ބުރުސް ގަންނަ އިރު ވެސް ކެޕް އިންނާނެ އެވެ. އެހެންވީމާ އެއިން ބުރުހުގެ ސާފުތާހިރު ކަމަށް އެހީ ހޯދިދާނެ އެވެ.
"ކެޕެއް އަޅުވާފައި ބެހެއްޓިޔަސް ބުރުސް ބޭނުންކުރާ ކޮންމެ އިރަކު އަދި ބޭނުންކޮށް ނިންމާފައި ވެސް ރަނގަޅަށް ދޮވެފައި ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެ،" ބްރަޔަން ވިދާޅުވި އެވެ.
އެހެން ނޫނީ ބުރުހުގައި ޖަރާސީމު އަށަގެންފައި ހުރުމުގެ ފުރުސަތު ބޮޑުވާނެ."
ހިތުގެ ދުޅަހެޔޮ ކަމަށް އަނގައިގެ ސާފުކަން މުހިންމު
ހިރުގަނޑުގެ އިންފެކްޝަނާ ހަނދާންނެތޭ ބައްޔާ ގުޅުމެއް
ކުދިންގެ ސްކްރީން ޓައިމް ގިނަވެ ސިކުނޑިއަށް ގެއްލުން
ދަތް އުނގުޅަން ހިތިގަހު ގޮފިކޮޅެއް؛ ފައިދާ ބޮޑު
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ލޭ މައްޗަށް ދާ މީހުންނަށް ޕެރެސެޓްމޯލް ނުރައްކާތެރި
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ