06 ޖެނުއަރީ 2020
ބަނގުލަރުގެ މައްސަލައެއްގައި ހައްޔަރުކުރި، ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ތަހުގީގުގެ ބޭނުމަށް ކުޑަކަމުދާ އެއްޗެހި ދޭން އިންކާރު ކުރުމުން އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.
ބަނގުލަރުގެ މައްސަލައެއްގައި ހައްޔަރުކުރި، ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ތަހުގީގުގެ ބޭނުމަށް ކުޑަކަމުދާ އެއްޗެހި ދޭން އިންކާރު ކުރުމުން އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އެޗް78 ގެސްޓް ހައުސްގައި ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތު ކުރި މައްސަލައިގައި ހައްޔަރުކުރި މީހަކު ކުޑަކަމުދާ އެއްޗެހި ދޭން އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި ހަ ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އިތުރު ފިރިހެނެއްގެ މައްޗަށް ވެސް ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ކުޑަކަމުދާ ތަކެތި ނުދިން މައްސަލައިގައި މަލް އަށް އިތުރު ދައުވާއެއް އުފުލި އިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އދ. މާމިގިއްޔަށް ކުރި ދަތުރުގައި އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ވެސް ދެ ދައުވާއެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުފުލާފައިވެ އެވެ.
އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. ނަމަވެސް މަލް ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިސްތިއުނާފު ލަސްވުމުން އަނެއްކާވެސް މައްސަލައެއް ބޭރު
ޑްރަގްސް މައްސަލާގައި ޕީޖީގެ ވަކީލަކަށް ތުހުމަތުތަކެއް
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
މައްސަލަ އަނބުރާ ގެންދަން އުޅުނީ ކުށް ސާބިތުވިފަހުން
ކިލޯއަކަށްވުރެ ގިނަ ޑްރަގް އެތެރެކުރި މީހަކު ފޮނުވާލަނީ
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި