ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ކުރި ދައުވާ އަނބުރާ ގެނެސް، އޭނާ ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
21 މާޗް 2023
ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ ޑްރަގް އެތެރެކުރި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރުކުރި އެމެރިކާ މީހަކަށް ކުރި ދައުވާ އަނބުރާ ގެނެސް، އޭނާ ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ވައިގެ މަގުން 1.87 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމެރިކާ އަންހެނަކު ހައްޔަރުކޮށް، އޭނާ މައްޗަށް އޮތީ ދައުވާކޮށްފަ އެވެ. އޭނާ މިހާތަނަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެހެން ނަމަވެސް ދައުލަތުން މިހާރު ވަނީ އޭނާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސް، އޭނާ ޑީޕޯޓްކޮށްލަން ނިންމައިފަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އޭނާ ޑީޕޯޓްކޮށްލަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް ދައުވާ ނުކޮށް، ޑީޕޯޓްކޮށްލެވޭ ގޮތަށް ދާދިފަހުން އިމިގްރޭޝަނުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވިޔަސް، ސަރުކާރާއި ޕީޖީ އޮފީހުން ވެސް ވަނީ އެ ގަވާއިދު ދިފާއުކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ފުލުހުން އަރުޝަދު ދޫކޮށްލި މައްސަލަ ބަލަން އަންގައިފި
ބައިކިލޯ ޑްރަގް: އުމުރު ދުވަހުގެ އަދަބު 12 އަހަރަށް
އިސްތިއުނާފު ލަސްވުމުން އަނެއްކާވެސް މައްސަލައެއް ބޭރު
ފިލްމީ ތަރި މަލް އަށް އިތުރު ދައުވާއެއް ކޮށްފި
ޑްރަގްސް މައްސަލާގައި ޕީޖީގެ ވަކީލަކަށް ތުހުމަތުތަކެއް
ރާއްޖެ އެތެރެކުރި ކިލޯއެއްގެ ޑްރަގް އަތުލައިގެންފި
ކަނޑުމަގުން އެތެރެކުރި ދެ ކިލޯގެ ޑްރަގް އަތުލައިގެންފި