06 ޖެނުއަރީ 2020
ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިނގިލީގެ ފަޅުތެރޭގައި އޮއްވައި ރޭ ފަތިހު އަލިފާން ރޯވި އޮސްޓްރޭލިއާގެ ޔޮޓް އަޑިއަށް ހިނގައްޖެ އެވެ.
ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިނގިލީގެ ފަޅުތެރޭގައި އޮއްވައި ރޭ ފަތިހު އަލިފާން ރޯވި އޮސްޓްރޭލިއާގެ ޔޮޓް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު އެ ޔޮޓް އަޑިއަށް ދިޔައީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން ދަނިކޮށް ކަމަށެވެ. ސިފައިން ވަނީ އަލިފާންގަނޑު ނިއްވަން ފޯމު ވެސް ބޭނުންކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ޔޮޓުގައި ރޭ ފަތިހު ރޯވެ އަނދަނީ.--ފޮޓޯ: ޕޮލިސް
"ވެރިޓާ" ނަމަކަށް ކިޔާ މި ޔޮޓުގައި ރޭ ފަތިހު 5:30 ވާން އުޅެނިކޮށް ރޯވިއިރު އޭގައި ތިބީ އޮސްޓްރޭލިއާގެ ތިން ފިރިހެނަކު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް، އަލިފާން ރޯވުމާ އެކު، ކައިރީގައި އޮތް ސަފާރީ އަކަށް އެ ތިން މީހުން ބަދަލުކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފަހުން އެ މީހުން ވަނީ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.
ޔޮޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އެންއެންޑީއެފްގެ ފަޔާމަނުން ފަޔާ އެންޑް ރެސްކިއު ލޯންޗުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
"ތިން މީހުންނަށް މާ ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބޭ،" އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވި އެވެ.
ޔޮޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އެންއެންޑީއެފްގެ ފަޔާމަނުން ފަޔާ އެންޑް ރެސްކިއު ލޯންޗުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
އަލިފާން ރޯވީ ސަފާރީއެއްގައި އެމްއެންޑީއެފުން ކުރިން ބުންޏަސް ފަހުން ލިބުނު މައުލޫމާތުގެ އަލީގައި އެނގުނު ގޮތުގައި އެއީ ޔޮޓެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
ރޯވި ކެފޭ ތަޅާ ނިންމާލައިފި
އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވޭ
ކެފޭގެ އަލިފާން: 50 ބިދޭސީންގެ އެކޮމޮޑޭޝަނެއް
ބިދޭސީން ހިންގާ ކެފޭއެއްގައި ރޯވެއްޖެ
ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް
އަލިފާނުގެ ހާދިސާގައި 30 މިލިއަން ރުފިޔާގެ ގެއްލުން!
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެ އަނދަނީ
އަލިފާނުގެ ހާދިސާއެއް، ބަޔަކަށް ފަރުވާ ދެނީ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ބާ ކާރުތަކެއްގައި ރޯވެ،ހިތަދޫގައި އަލިފާނުގެ ހާދިސާއެއް