28 ޑިސެމްބަރ 2019
ހަރަކާތްތެރި ދިރިއުޅުމެއް ނުވަތަ ގަވައިދުން ކަސްރަތުކޮށް އުޅުމަކީ ބައެއް ބާވަތްތަކުގެ ކެންސަރުތަކުން ސަލާމަތް ކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ހަރަކާތްތެރި ދިރިއުޅުމެއް ނުވަތަ ގަވައިދުން ކަސްރަތުކޮށް އުޅުމަކީ ބައެއް ބާވަތްތަކުގެ ކެންސަރުތަކުން ސަލާމަތް ކޮށްދޭ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކްލިނިކަލް އޮންކޮލޮޖީ ޖާނަލްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނީ ހަރަކާތްތެރި ކަމާއި ކެންސަރާ އޮންނަ ގުޅުމަކީ ވަކި ނުކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ، އަބަދު ވެސް ހަރަކާތްތެރިކޮށް، މުރާލިކޮށް އުޅެވޭ ކަހަލަ ލައިފް ސްޓައިލެއް ހޯދުން މުހިއްމު ކަމެއް ބުންޏެވެ.
މި ދިރާސާ ހެދީ 75،000 މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒް ކޮށްގެންނެވެ. އެ ދިރާސާގައި ބުނީ އާންމުކޮށް ކަސްރަތުކޮށް، ހެލިފެލިވެ އުޅޭ މީހުން ހަތް ވައްތަރެއްގެ ކެންސަރުން ރައްކާތެރި ކޮށްދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮލޯން، ބްރެސްޓް، ކިޑްނީ، ލިވާ، ނޮން-ހޮޖްކިން ލީމްފޯމާ އަދި އެންޑޯމެޓްރިއަލް އެވެ.
އެގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހަރަކާތްތެރިކޮށް އުޅުމަކީ އުރަމަތީގެ ކެންސަރު 6-10 ޕަސެންޓަށް ދަށްކޮށްދޭން ބާރުއަޅާ ކަމެކެވެ. އަދި 18-27 ޕަސެންޓަށް ލިވާގެ ކެންސަރުން ހަރަކާތްތެރި ލައިފް ސްޓައިލަކުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ބުންޏެވެ.
ކަސްރަތުގެ ތެރެއިން އެރޮބިކްސް އަކީ ފަސޭހައިން ކޮށްލެވޭނެ ކަސްރަތެކެވެ. އެގޮތުން ކޮންމެ ހަފުތާ އަކު ދެގަޑިއިރާ ބަޔަށް މޮޑެރޭޓް-އިންޓެންސިޓީ އެރޮބޮކްސް އަދި 75 މިނިޓަށް ވިގަރަސް-އިންޓެންސިޓީ އެރޮބިކްސް ހެދުމަކީ ސިއްހީ ގޮތުން މީހާ ދުޅަހެޔޮކޮށްދޭން މަގުފަހިވާނެ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.
ކެންސަަރުން ރައްކާތެރިވާން ދުޅަހެޔޮ ޑައިޓެއް ވެސް މުހިއްމު.
"ކަސްރަތަކީ ވަކި މިންގަނޑަކަށް، ވަކި އުސޫލެއްގެ މަތިން ކުރަން ޖެހޭނެ ކަމެއް. އެހެންވީމާ ތަޖުރިބާރެއްގެ ލަފަ އާއި އިރުޝާދު ހޯދައިގެން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ،" ދިރާސާގައި ބުންޏެވެ.
ހަރަކާތްތެރިކަން ކުޑަވުމާ އެކު، ކެއުމުގެ ވައްޓަފާޅި އާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އާދަޔާ ހިލާފަށް ފަލަވުމަކީ ވެސް ކެންސަރަށް މަގުފަހިވާ ކަން ކަމެކެވެ. އެހެންވެ މުހިއްމު ކަމަކީ ދުޅަހެޔޮ ލައިފް ސްޓައިލެއް އިހުތިޔާރު ކުރަން އިސްކަން ދިނުމެވެ.
ކެންސަރާ ދެކޮޅަށް އަމަލުކުރާނެ އާ ގައިޑްލައިނެއް
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
ނިދި ލިބޭ މިންވަރާއި ހިނގާ ގޮތާ ގުޅުން ބޮޑު
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ބީޓްރޫޓަކީ ހަކަތަ އިތުރުކޮށްދޭނެ އެއްޗެއް
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
ކޮފީން ފިރިހެނުންގެ އިވުމުގެ ހިއްސު ރަނގަޅުކޮށްދޭ