25 ޑިސެމްބަރ 2019
ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާއެއް ހުށަހަޅުއްވައި ދެއްވައިގެން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ) އަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އެއީ ގަވާއިދާ ހިލާފަށް މަރީ ކުރެއްވި ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާއެއް ހުށަހަޅުއްވައި ދެއްވައިގެން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ) އަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އެއީ ގަވާއިދާ ހިލާފަށް މަރީ ކުރެއްވި ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ދާދި ފަހުން ބޭއްވި "ބުރަބި" ހަފްލާ ހުށަހެޅުމާ ގުޅިގެން މަރީއަ ށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފަ އެވެ. ދެ މަސް ދުވަހުގެ ޗުއްޓީގައި އޮތް މަޖިލިސް ދެން ހުޅުވާނީ އަންނަ ފެބްރުއަރީ މަހު އެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު އަލީ ވަހީދުއާ ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ސިޔާސީ ކަންތަކުގައި އުޅޭ މީހުންނާއި މަރީއާ އަޅާ ކިޔުމުން ދެރަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ގޮތެއް ނިންމަންދެން އެ މިނިސްޓްރީގެ އެއްވެސް ހަފްލާއެއް އެއްވެސް މުއައްސަސާއެއްގެ ބޭފުޅަކަށް ހުށަހެޅުމުގެ ހުއްދަ ނުދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭއްވީ ސިޔާސީ ރެލީއެއް ނޫން. އަޅުގަނޑު ހިތާމަ ކުރަން ކުރީގައި ޕީޕީއެމްގެ ސިޔާސީ ޕާޓީގެ ޖަލްސާ ގޮނޑި ޖެހި މީހުންނާ މަރިޔަމް ވަހީދާއާ އެއްވަރުކުރީމާ. އަޅުގަނޑު ބަލާލިން އެތިކަލް ކޮންޑަކްޓް ކޯޑުވެސް. އެއަކާ ހިލާފެއް ނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
މަރީއަކީ ރާއްޖޭގައި ހުރި ކުޅަދާނަ ޕްރެޒެންޓަރެއްކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ މިހާތަނަށް މަރީ ސިޔާސީ އެއްވެސް ކަމެއްގައި އިސްކޮށް ހުންނެވި މަންޒަރު ފެނިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ނޭދެން އަޅުގަނޑުމެންގެ ޖަލްސާއެއް ބާއްވައިގެން މީހަކަށް ގެއްލުމެއް ވާކަށް. މަރިޔަމް ވަހީދާ ގަވާއިދާ ހިލާފު ނުވިނަމަވެސް އަޅުގަނޑުމެންގެ ގިނަ ރައްޔިުންގެ ވިސްނުން ހުރީ ކޮމިޝަންތަކުގައި ތިބޭ މީހުން އެފަދަ ކަންކަން ނުކުރަން ކަމަށް ވެއްޖެއްޔާ ނުކުރުން އެންމެ ރަނގަޅުވާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި
ބްރޯޑް ކޮމްގެ ރައީސް މަރީ، ސަރުކާރު ފަޅީގައި؟!
ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ އެދިއްޖެ
އަލީ ވަހީދުގެ މައްސަލަ މަޝްވަރާއަށް ޕީޖީއަށް
އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ތެދުވީ އެކުގައި
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި
ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރަން ހުށަހަޅައިފި
ޖިންސީ ގޯނާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އަންގަވައިފި