23 ޑިސެމްބަރ 2019
ދަރުމަވަންތަ ކޮމްޕްލެކްސްގައި ހައިޑްރޯތެރަޕީ ޕޫލްގެ ޚިދުމަތް ފެށުމާ އެކު އެތަނުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް އަނެއްކާވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ދަރުމަވަންތަ ކޮމްޕްލެކްސްގައި ހައިޑްރޯތެރަޕީ ޕޫލްގެ ޚިދުމަތް ފެށުމާ އެކު އެތަނުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް އަނެއްކާވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނަން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލްގައި، ހައިޑްރޯ ޕޫލް ހުންނަނީ ހަތަރު ވަނަ ފްލޯގަ އެވެ. ފިޒިއޮތެރަޕީ އަށް ޚާއްސަކޮށްފައިވާ އެ ފްލޯގައި ސްޕޯޓްސް ތެރަޕީ ވެސް ދެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ދަރުމަވަންތަ ކޮމްޕްލެކްސްގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މިއީ، ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަން ފާހަގަކޮށްފައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ފްލޯގައި ހިމެނޭ ހައިޑްރޯ ތެރަޕީ ޕޫލް: މިއީވެސް ރާއްޖޭގައި އަލަށް ފެށި ހިދުމަތެއް---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބޭ އަނިޔާތަކަށް މި ޕޫލްގައި ފަރުވާ ކުރިއަށް ގެންދާނީ ފިޒިއޮތަރަޕިސްޓުގެ އިރުޝާދާ އެކުގަ އެވެ.
ދަރުމަވަންތަ ކޮމްޕްލެކްސް އަށް މި އަހަރުގެ ކުރީކޮޅު "މިހާރު"ން ކުރި ޒިޔާރަތެއްގައި، އެތަނުގެ ފިޒިއޮތެރަޕިސްޓަކު ސިފަކުރެއްވި ގޮތުގައި ހައިޑްރޯތެރަޕީގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގައި މުޅިން އަލަށް އެ ޚިދުމަތް ފެށިއިރު، މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ޚިދުމަތެކެވެ.
"ހައިޑްރޯ ތެރަޕީ ޕޫލް އިންނާނީ މި ރީޖަންގައި ވެސް ވަރަށް މަދު ހޮސްޕިޓަލެއްގައި،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ދަރުމަވަންތައިގައި ހުރި ވަރުގެ ފިޒިއޮތަރަޕީ ސެޓަޕެއް ވެސް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ. އަލަށް 13 ފަރުވާއެއް ފަށާފައިވާ އިރު އޭގެ ތެރޭގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ވެސް ލިބެން ނެތް ފަރުވާ ހިމެނެ އެވެ.
އޭގެތެރޭގައި މަސަލްސް ޓެސްޓިން އާއި އެކްސަސައިޒް ޓެސްޓިންގެ އިތުރުން ޑައިނަމޯމެޓްރީ އާއި ޕެބްލޯމެޓްރީ ފަދަ ޚިދުމަތް ވެސް ލިބެ އެވެ. ފަރުވާ އަށް ޚާއްސަ ޖިމްތަކުގައި ޓްރެޑްމީލް ޓެސްޓް ހެދެ އެވެ. މީގެއިތުރުން ކުޑަކުދިންނަށް ވަކިން ފިޒިއޮތަރަޕީ ޖިމެއް ހުރެ އެވެ. ކުޑަކުދިންނަށް އޫގަލް ތެރަޕީގެ ޚިދުމަތް ވެސް ވަނީ ފަށައިފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ނުހިނގޭ ކުދިންނަށް ދޭ އެ ފަރުވާ ރާއްޖޭގައި މި ފެށީ އަލަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތަރަޕީ ޕޫލް. --ފޮޓޯ/މިހާރު
އައިޖީއެމްއެޗުން ކުރިން ދެމުން އައި ޚިދުމަތްތަކާ އަޅާބަލާއިރު، ދަރުމަވަންތައިގެ ފިޒިއޮތަރަޕީ ޑިޕާޓްމެންޓުގެ ޚިދުމަތް ފެށުމުން 80 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ފިޒިއޮތަރަޕިސްޓް ވިދާޅުވެފައިވެ އެވެ.
ދަރުމަވަންތަ އިމާރާތްކުރީ ޔާމީންގެ ސަރުކާރުގައި 2.2 ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާއާ ހަވާލުކޮށްގެންނެވެ. މިއީ، އެފަދަ ހޮސްޕިޓަލަކާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަގެއް ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
އަގު ދިފާއުކޮށް ކުރީގެ ސަރުކާރުން ބުނެފައި ވަނީ، ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ޚަރަދާއި ތަކުލީފް ކުޑަކުރުމަކީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސަބަބު ކަމަށެވެ.
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!
ފިޒިއޮތެރަޕީގައި ދަރުމަވަންތަ އެންމެ ކުރީ ސަފަށް
ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރީލް މަހު ހުޅުވަނީ
އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!