02 އޮކްޓޯބަރ 2016
ސާކް ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މެމްބަރު ގައުމުތަކުގެ ކިބައިން ރާއްޖޭން އެދިއްޖެ އެވެ.
ސާކް ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް ގާއިމްކޮށް ދިނުމަށް މެމްބަރު ގައުމުތަކުގެ ކިބައިން ރާއްޖޭން އެދިއްޖެ އެވެ.
ޕާކިސްތާނުގައި ނޮވެމްބަރު 9-10 އަށް ބާއްވަން ހަމަޖައްސާފައި އޮތް ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު، އެ ސަމިޓް ފަސްކުރިކަން، ސާކުގެ މި ދައުރުގެ ޗެއާ ނޭޕާލުން ވަނީ އިއުލާންކޮށްފަ އެވެ. ސާކް ސަމިޓް ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން، އަފްގާނިސްތާނާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސާކް ސަމިޓް ބޭއްވޭނެ ފަދަ ފަހި މާހައުލެއް ގާއިމްކުރުމަށް ބޭނުންވާ ފިޔަވަޅުތައް މެމްބަރު ގައުމުތަކުން އަޅާނެ ކަމަށް ރާއްޖޭން އުއްމީދު ކުރެ އެވެ. އެއީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ ވެރިން އެއް ތަނަކުން ބައްދަލުވެ، ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުުރުމުގެ ފުރުސަތު ދިނުމަށެވެ.
ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. އެ ގޮތުން، ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނު ފަޅިން އިންޑިއާ އަށް ދެމުން ދާ ހަމަލާތަކުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.
ކަޝްމީރުގެ އުރީގައި މި މަހު 18 ވަނަ ދުވަހު ހަމަލާދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާން އެކަހެރި ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.
"ޓެރަރިޒަމްގެ އަމަލުތައް، ހާއްސަކޮށް ގައުމުން ބޭރުން ދޭ ހަމަލާތައް، ރާއްޖޭން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.
ސާކުގެ މެމްބަރު އަށް ގައުމުގެ ތެރޭން އެންމެ ގައުމަކުން ސަމިޓުގައި ބައިވެރި ނުވިޔަސް އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލް ވާނެ އެވެ.
ފަސްކުރި ސާކް ސަމިޓާ މެދު ވާހަކަދައްކަން ބައްދަލުކުރަނީ
ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ރާއްޖޭގަ ކެމްޕޭންކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު