Roadha Mihaaru
ކައުންސިލްތަކަށް ބާރުދޭ އިސްލާހު ތަސްދީގު ކުރައްވައިފި

ކައުންސިލްތައް ބާރުވެރިކުރުވާ އިސްލާހުތައް ތަސްދީގު ކުރައްވައިފި

15 ޑިސެމްބަރ 2019

ކައުންސިލްތައް ހަގީގީ މާނައިގައި ލާމަރުކަޒުކޮށް، މާލީ ބާރުވެރިކަން ދޭން ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކައުންސިލްތައް ހަގީގީ މާނައިގައި ލާމަރުކަޒުކޮށް، މާލީ ބާރުވެރިކަން ދޭން ގާނޫނަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އިސްލާހުތައް ތަސްދީގު ކުރެއްވީ ކައުންސިލަރުންނާ އެކު މިއަދު ކްރޮސްރޯޑްސްގައި މިއަދު ފެށި މަހާސިންތާގަ އެވެ. މި މަހާސިންތާގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަމުން އައި ނަމަވެސް މިހާތަނަށް އޮތީ، ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ހިފަހައްޓައި ކައުންސިލްތަކުން މައި ސަރުކާރަށް ބަރޯސާވާ ގޮތަށް މަޖުބޫރުކޮށްފަ އެވެ. މިކަން ބަދަލުކުރަން، މި ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ބަދަލު ކޮށްފަ އެވެ. އެއާއެކު، ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައަޅައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ފަސް މިލިއަނަށް ވުރެ ކުޑަ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި މަޝްރޫއުގެ ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، ވެސް ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭން ގިނަ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.