11 ޑިސެމްބަރ 2019
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލައި، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނިކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލައި، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނިކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއޭއޭ) އިން ބުނީ އަލުން ފުރުސަތު ހުޅުވާލީ ކުރީގެ ޕްރޮޕޯސަލްތައް ކެންސަލްކުރުމަށް ފަހު ކަމަށެވެ. އަލަށް ހުޅުވާލި ފުރުސަތާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.
އޭއޭއޭ އިން ބުނީ ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޮވުމުގައި ތަޖުރިބާ އާއި މާލީ ގާބިލިއްޔަތު ކަމަށް އިސްކަންދޭނެ ކަމަށެވެ.
ގަން އިންޓަނެޝަނަލް އެއާޕޯޓް ވެސް އޮންނަ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން ހުޅުވައިލީ 2010 އިން ފެށިގެން ގަމުގައި ފްލައިން ސްްކޫލް ހިންގަމުން އަންނަ ސްރީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެތަން ބަންދު ކުރަން ނިންމާފައިވާތީ އެވެ.
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ތިން ޕްރޮޕޯސަލެއް
ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ
ގަން އެއާޕޯޓް މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން ފަށައިފި
އޭއޭއޭގެ ބައެއް ތަކެތި ނީލަން ކިޔައި ވިއްކާލައިފި
އިމާރާތެއް ނެތް، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި އޭޖީގެ ލަފައަކަށް
ފްލައިން ސްކޫލުގެ ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް