28 ނޮވެމްބަރ 2019
މާލެ އަށް މިއަދު ހަވީރު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
މާލެ އަށް މިއަދު ހަވީރު ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
އިރު އޮއްސެން ގާތް ވެފައި ވަނިކޮށް ބޯކޮށް ވެހެން ފެށި ވާރެޔާ އެކު، ގިނަ މަގުތަކެއް ވަނީ ފެން ބޮޑުވެފަ އެވެ. ވާރޭވެހުމުން އާއްމުކޮށް، އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީ މަގާއި މަޖީދީ މަގުގެ އިތުރުން ވެސް އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
އެހެންވެ ސިފައިން ވަނީ ފެން ހިއްކުމުގެ މަސައްކަތް ފަށައިފަ އެވެ.
އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނީ ފެން ހިއްކަމުން އަންނަނީ މާލޭގެ ވެސްޓް ޕާކާއި އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށެވެ.
Male' City ah boakoh vaarey vehi baeh maguthakugai fen boduvumaa gulhigen MNDF Fire and Rescue Service ge sifain fen hikkumuge massahkaiy kuramundhanee
— Maldives National Defence Force (@MNDF_Official) November 28, 2019
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
މެޓް އޮފީހުން މިއަދު ބުނީ މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މީގެ އިތުރުން އުތުރާއި މެދު ރާއްޖޭގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މިރޭ 9:10 ގެ ނިޔަލަށް ށ. އަތޮޅާއި މ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
މާދަމާ މިއަށް ވުރެ ބޮޑަށް ވިއްސާރަކުރުން ކައިރި: މެޓް
މިއަދާއި މާދަމާ ވެސް މޫސުން ގޯސް
ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެއަށް ވާރޭ ވެހޭނެ
ބޯކޮށް ވާރޭވެހި މާލެ ފެނުއަޑީގައި
އައްޑޫ ވިއްސާރައިގައި 50 ގެއަކަށް ގެއްލުން
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
ފެންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި: އެމްއެންޑީއެފް
މާލެއަށް ވަރުގަދަ ކޮޅިގަނޑެއް ލައްވާލައިފި
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ