27 ނޮވެމްބަރ 2019
ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ އާއި ދީނީގޮތުން ހަރުކަށި ވިސްނުންތަކުގެ ތެރެއިން ފެންމަތިވި ކަންކަން ބެލުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އުފައްދަވައިފި އެވެ.
ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ އާއި ދީނީގޮތުން ހަރުކަށި ވިސްނުންތަކުގެ ތެރެއިން ފެންމަތިވި ކަންކަން ބެލުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އުފައްދަވައިފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އެ ޓާސްކް ފޯސް ރައީސް އެކުލަވާލެއްވީ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އުމުރުން 12 އަހަރުގައި ބަނޑުބޮޑުވެ، 13 އަހަރުގައި ވިހެއި ކުއްޖާގެ ރައްކާތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ބަލަން އެ ޓީމާ ރައީސް ހަވާލުކުރެއްވި ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކުޑަކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށް އަނިޔާވެރިވަމުން ދިޔަ އާއިލާއެއްގެ މައްސަލަ އިންޓެލިޖެންސަށް ލިބުނީ ޖޫން، 2018 ގަ އެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް ރައްކާތެރިކަން ހޯދައިދޭން ކުރެވިފައިވާ ކަންކަމާއި އެއީ އެކަށިގެންވާ ފިޔަވަޅެއްތޯ ބަލައި ދެން އަޅަން ހުރި މަސައްކަތްތައް ވެސް އެ ޓާސްކް ފޯހުން ކުރިއަށް ގެންދާނެ އެވެ.
ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލީސް
"ގައުމީ ސަލާމަތާ ބެހޭ މަޖިލިސްގައި ރައީސުލްޖުމްހޫރިއްޔާ އިސްވެ އިންނަވައިގެން އުފެއްދި ޚާއްސަ ޓާސްކްފޯސްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގު ޓީމެއް މިކަމަށް ހާއްސަކުރެވިގެން، ޖުމްލަ މި މަޝްރަހުގެ ތެރޭގައި ކަންބޮޑުވުން ހުރި ބައެއް ކަހަލަ މައްސަލަތަކަށް އެޓެންޑަކުރަން ޓީމެއް އެކުލަވާލާފައި ވަނީ،" ކޮމިޝަނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތްތައް ރޭ 9:00 އިން ފެށިގެން އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް އަންނަނީ އެ ކުޑަކުއްޖާ އަށް އަނިޔާވެރި މައްސަލަ ބަލަމުންނެވެ.
ރައީސް ފުލުހުންނަށް: ކުޑަކުދިންގެ މައްސަލައަށް ސަމާލުވޭ
ރޭޕް މައްސަލަ ރަނގަޅަށް ބަލަން ރައީސް އެދިވަޑައިގެންފި
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
މަންމައަކު ދަރިއަށް އަނިޔާކުރި މައްސަލައެއް
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ރުގްޔާގެ ނަމުގައި ދޭ އަނިޔާއަށް ސަމާލުވާން އެދިއްޖެ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ބަލަނީ