Roadha Mihaaru
މަންމައަކު ދަރިއަށް އަނިޔާކުރި މައްސަލައެއް

މަންމައަކު އޭނާގެ ދަރިއަށް އަނިޔާކުރި މައްސަލައެއް ބަލަނީ

15 އޯގަސްޓް 2021

ނ. އަތޮޅުގެ ރަށެއްގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. އަތޮޅުގެ ރަށެއްގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި މަންމައަކު އޭނާގެ ދަރިއަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާނީ އަންހެން މީހާގެ ޅިޔަނު ކަމަށެވެ. އެ ކުއްޖާ އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށާއި ކުއްޖާ އިއްޔެ ވަރަށް ބާރަށް ރޯ އަޑު ވެސް އިވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ އަންހެން މީހާގެ އެހެން ކުއްޖަކު ކުރިން ވަނީ ދައުލަތަށް ވެސް ނަގައިފަ އެވެ.