Roadha Mihaaru
މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ހުށަހަޅަނީ

މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ހަމަޖައްސަން މަޖިލީހަށް ހުށަހަޅަނީ

24 ނޮވެމްބަރ 2019

މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރުންގެ ތެރެއިން މިހާރު ފޯނު އެލަވަންސް ދެނީ މާލޭގެ ސުޕީރިއާ ކޯޓުތަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސެއް ދޭންޖެހޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500ރ. ހަމަޖައްސައި ދޭން މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަހަކު 1،000ރ.ގެ ފޯނު އެލަވަންސެއް ދެ އެވެ.

މީގެ އިތުރުން ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ވީހާ ވެސް ފުޅާކޮށް ފަހިކޮށް ދިނުމުގެ ގޮތުން ހަރުދަނާ ސިޔާސަތެއް އެކުލަވާލައި، އާންމުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީގެ މިއަދު ބައްދަލުވުން ބޭއްވީ ލ. ފޮނަދޫގަ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމަކީ މާލެއިން ބޭރުގައި އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.