Roadha Mihaaru
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް

ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް ފޮނުވައިފި

24 ޖޫން 2019

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކަށް ފަހު މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އޮތީ ކުރިން ނިންމައިފަ އެވެ. މިއީ ސުލޫކީ މައްސަލައަަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޖޭއެސްސީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ ޓްވީޓް

ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

މީގެކުރިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވިޔަސް، އެގޮތަށް ޖޭއެސްސީން ފޮނުވީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމުގެ ގޮތުންނެވެ.

އޭގެފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމުން އޮޓަމެޓިކުންނެވެ.