25 ޖޫން 2019
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހަޑިހުތުރުކޮށް މުޚާތަބު ކުރިކަމުގެ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހަޑިހުތުރުކޮށް މުޚާތަބު ކުރިކަމުގެ ހެއްކެއް ދެއްކިފައި ނުވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެ އެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައި ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުން އެގޮތަށް ނިންމީ އިބްރާހިމް ރަޝީދު މީހަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން އަންހެނަކާ މުޚާތަބުކުރި މައްސަލައެއްގަ އެވެ.
މަޖިލިހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ މި މައްސަލައަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ އެކުލެވިގެން މަޖިލިހަށް އައި މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ޖޭއެސްސީން ތަހުގީގު ކުރިއިރު، ރައްދުވާ މީހާގެ ބަޔާނެއް ނުނެގުމެވެ.
"އެއްވެސް މީހަކު އަނެކަކާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބް ކުރާ އިރު، މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން ނެތުމަކީ މައްސަލައިގެ ހައްސާސްކަން ގެއްލިގެންދާ މައްސަލައެއް،" ސަނީފް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ ޖޭއެސްސީން މި މައްސަލަ ބެލީ ބަލަން ޖެހޭ ވަރަށް ނުބަލާ ކަމަށެވެ. މިކަމަކީ މީގެ އެތައް އަހަރެއް ކުރިން "އަވަށްޓެރި ހަތަރު އަނގޮޅިއެއްގެ" ތެރޭގައި ހިނގަމުން އައި ކަމެއް ކަމަށާއި އެ ތަނުގައިވާ ކަންކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ތި މައުޟޫއަކީ ކޯޓުގެ މެޖިސްޓްރޭޓްގެ މަންމަ އާއި އެ ހިސާބުގައި ދެން ތިބި މީހުންނާ ހިނގަމުން ދިޔަ ޒުވާބެއް. އެ ވަގުތު އެ ތަނަށް މެޖިސްޓްރޭޓް ނުކުތް ކަމަށް ޚަބަރު ލިބެނީ. ތި އިބާރާތްތަކަކީ ކީ އެއްޗެއް ކަން ޔަގީން ކުރެވޭނެ ހެކިތަކެއް މީގައި ނެތޭ. އަޅުގަނޑު މި ދަންނަވަނީ މައްސަލަ ސާބިތުވި ފަރާތުގެ އެއްވެސް ބަހެއް ވެސް މީގައި ނެތޭ،" ސަނީފް ވިދާޅުވި އެވެ.
ސަނީފްގެ ވާހަކަތަކާ ގުޅިގެން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެޖިސްޓްރޭޓާ ގުޅިގެން ޖޭއެސްސީ އަށް ހުށަހެޅި ޝަކުވާއާ ގުޅޭ ލިޔުންތަކުގައި ހަތަރު ހެކިންގެ ހެކި ބަސް ހިމެނޭ ކަމަށެވެ. އެ ހަތަރު ހެކިންނަކީ އެތަނުގައި އެކަން ހިނގަމުން ދިޔަ އިރު ހާޒިރުވެ ތިބި ބައެއްކަން ސާބިތުކޮށްދޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅި މީހާގެ ބަޔާނެއް ނެތް ކަމަށް ނަޝީދު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.
އެހެންވެ، ސަނީފް ވަނީ މި މައްސަލަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. ބައެއް މެމްބަރުންގެ ހިޔާލުގައި އެ މައްސަލަ ކޮމިޓީއަކަށް ގެންދަން ތާއީދު ކުރެއްވި ނަމަވެސް، އެހެން މެމްބަރުންގެ ހިޔާލު ހުރީ ކޮމިޓީއަކަށް މައްސަލަ ނުފޮނުވާ ތަޅުމުން ގޮތެއް ނިންމުމަށެވެ.
އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.
ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.
އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ޚުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.
މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
އަލީ ރަޝީދާއި މުހައްމަދު އިބްރާހީމަށް ރުހުން ދީފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި