Roadha Mihaaru
ޝޯމީން އަމިއްލަ 5ޖީ ފެކްޓަރީއެއް ހަދަނީ

ޝޯމީން އަމިއްލަ 5ޖީ ފެކްޓަރީއެއް ޗައިނާގައި ހަދަނީ

23 ނޮވެމްބަރ 2019

5ޖީ ފޯނުތަކަށް މުޅިން ޚާއްސަ ފެކްޓަރީއެއް، ޗައިނާގައި ބިނާކުރަމުން އަންނަ ކަމަށް، ޝޯމީން ބުނެފި އެވެ. ޝޯމީ ބުނި ގޮތުގައި، ފެކްޓަރީގެ މަސައްކަތްތައް މިހާރު އުޅެނީ އެންމެ ފަހުގެ މަރުހަލާތަކުގަ އެވެ. އަދި ޑިސެމްބަރު ގައި މަސައްކަތްތައް ނިންމައި، އަތް ދޫކޮށްލެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

5ޖީ ފޯނުތަކަށް މުޅިން ޚާއްސަ ފެކްޓަރީއެއް، ޗައިނާގައި ބިނާކުރަމުން އަންނަ ކަމަށް، ޝޯމީން ބުނެފި އެވެ. ޝޯމީ ބުނި ގޮތުގައި، ފެކްޓަރީގެ މަސައްކަތްތައް މިހާރު އުޅެނީ އެންމެ ފަހުގެ މަރުހަލާތަކުގަ އެވެ. އަދި ޑިސެމްބަރު ގައި މަސައްކަތްތައް ނިންމައި، އަތް ދޫކޮށްލެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޝޯމީން އަމިއްލަ ފެކްޓަރީއެއް، 5ޖީ ފޯނުތަކަށް ޚާއްސަކޮށް އުފައްދާކަން އާންމުކޮށްފައި ވަނީ މިހާރު ޗައިނާގައި ހިނގަމުންދާ "ވޯލްޑް 5ޖީ ކޮންފަރެންސް"ގަ އެވެ. މިއީ ވާދަވެރިން ހައިރާންކަން ގެނުވި ޚަބަރެއް ނަމަވެސް، ސްމާޓްފޯން މާކެޓަށް ފެންވަރު ރަނގަޅު ފޯނުތަކެއް ނެރޭނެ ކަމަށް ޝޯމީން ބުނި ބުނުން އަދި މާ ބިރު ބޮޑު ޚަބަރަކަށް ވަނީ ވެފަ އެވެ.

ސްމާޓްފޯން މާކެޓްގައި ޝޯމީ އަކީ މެދު ފަންތީގެ ފޯނުތައް އުފައްދާ ކުންފުންޏެކެވެ. އެހެންކަމުން، ގިނަ ބަޔަކަށް ހީވެފައި އޮންނަނީ، ޝޯމީން މުޅިން ވެސް އުފައްދާނީ ދާދި އެއް ފެންވަރެއްގެ ފޯނުތަކެއް ކަމަށެވެ. އެހެން ނަމަވެސް، 5ޖީ މާކެޓަށް ވަނުމުގައި ބާރު ގަދަ ފޯނުތަކެއް ނެރޭނެކަން ހާމަކުރުން، ވާދަވެރިންނަށް ވަނީ ވިސްނަން ޖެހޭ ވަރުގެ ކަމަކަށް ވެފަ އެވެ.

ޝޯމީން މައުލޫމާތު ދިން ގޮތުގައި، ފެކްޓަރީ ބިނާކުރާނެ ކަަމަށް ވަނީ "ބީޖިން އިކޮނޮމިކް އެންޑް ޓެކްނޮލޮޖީ ޑިވެލޮޕްމަންޓް ޒޯން"ގަ އެވެ. އުފެއްދުންތެރިކަން އަވަސްކުރުމަށް ގިނަ މަސައްކަތްތައް މުޅިން އޮޓޮމިޓިކް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

5ޖީ ފޯނުތަކާ އެކު، ޝޯމީން ބުނި ގޮތުގައި "ކްލައުޑް" ޚިދުމަތްތައް ވެސް ފަށައިގަންނާނެ އެވެ. އޮންލައިން ސާވާ ސްޓޯރޭޖް ބޭނުންވާ ފަރުދުން އަދި ވިޔަފާރި ކުންުފުނިތަކަށް ވެސް، ޖީބަށް ބުރަ ނުވާ ވަރަށް ޚިދުމަތްތަކުގެ އަދު ދެމެހެއްޓުމަކީ ވެސް ޝޯމީގެ އާދައަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.